އޭދަފުށީ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފި

original_1773868069170.jpg

އޭދަފުށީ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތު --

އޭދަފުށި ހިމެނޭހެން ރާއްޖޭގެ 14 ރަށެއްގައި އިސްލާމީ ދާއިރާއިން މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް އެކި ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އޭދަފުށީގައި އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ ބޮޑު މަޝްރޫޢު ހަވާލު ކޮށްފައިވަނީ އެސް.އޭ.އެސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި މިސްކިތްތައް ބިނާކުރުމާއި، އިސްލާމީ މަރުކަޒުތަކާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުން ހިމެނެއެވެ.

ރޭ ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ގދ. ގައްދޫ، ސ. މަރަދޫ، ކ. މާފުށި، އދ. މާމިގިލި އަދި މ. މުލަކުގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ދ. ކުޑަހުވަދޫ އާއި ތ. ވޭމަންޑޫގައި މިފަދަ ގޮފިތައް ބިނާކުރުމަށް އައްޔަބޭ ޕާޓްނާސްއާ ހަވާލުކޮށްފައިވާއިރު، ލ. ފޮނަދޫގެ މަޝްރޫޢު ހަވާލުކުރީ ވައިޓް ލިންކު ޕްރައިވެޓް ލިމިޓެޑާއެވެ.

މީގެ އިތުރުން، ނ. މަނަދޫ، ރ. ދުވާފަރު އަދި ނ. ވެލިދޫގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. އެ ކުންފުންޏާ އިތުރު ދެ މަޝްރޫޢެއްވެސް ވަނީ ހަވާލުކޮށްފައެވެ. އެއީ ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމާއި، ށ. ފީވަކުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމުގެ މަސައްކަތެވެ.

ރާއްޖޭގައި އިސްލާމީ ކަންކަން ކުރިއަރުވައި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 އަށްވުރެ ގިނަ މަޝްރޫޢު ހިނގަމުން އެބަދެއެވެ. މީގެ ތެރޭގައި ވަޤްފު ޢިމާރާތްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހިމެނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top