ލޯކައިރި ކަޅުވަނީ ކީއްވެ؟ ހައްލަކީ ކޮބާ ؟

Dark-Circles.jpg

 

ލޯ ކައިރި ކަޅުވުމަކީ އަންހެނުންނާއި ފިރިހެނުންގެ އިތުރުން ޒުވާނުންނާ މުސްކުޅިންނަށް ވެސް ދިމާވާ މައްސަލައެކެވެ. މައްސަލަ ދިމާވުމުން ލޯ ކައިރި ކަޅުވެ އެހިސާބުގެ ހަންގަނޑުގައި ރޫޖެހި ހަންގަނޑު ހިކިގެން ދެއެވެ. މިއީ ލޮލުގެ ވަށައިގެންވާ ދާއިރާގައި ރަނގަޅަށް ލޭ ދައުރު ނުވާތީވެ ދިމާވުމުން އަންނަ މައްސަލައެކެވެ.

ލޯ ކައިރި ކަޅުވުމަށް މެދުވެރިވާ ސަބަބު ތަކުގެ ތެރޭގައި ރަނގަޅު ކާނާ ބޭނުން ނުކުރުމާއި ހަށިގނޑު ބޭނުންވާ ވަރަށް ވުރެ އިތުރަށް ނުވަތަ ގިނައިން ކެއިން ބުއިމާއި ވަކި މިންގަނޑަކަށް ނުފެތޭ ޑައެޓެއް ގެންގުޅާމާއި އެލާޖީގެ ސަބަބުންނާއި އެކަށީގެންވާ މިންވަރަށް ނުނިދުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން  ހިމެނެއެވެ. ބައެއް އަންހެނުން ބަލިވެ އިނުމުންވެސް މިކަން ދިމާވެއެވެ.

މިކަމަށް ޑޮކްޓަރީ ފަރުވާ ލިބެން ހުރެއެވެ. އަދި ސެލޫން ތަކުންވެސް ފަރުވާ ކޮށްދެއެވެ. އެކަމަކު އެއީ އަގު ބޮޑުކަމަކަށް ވެފައި ބޭނުން ކުރަންޖެހެނީ ކެމިކަލް ހުންނަ ތަކެތި ކަމަށް ވާތީ ހަންގަނޑަށް އެންމެ ރަނގަޅު ގޮތްކަމަކަށް ނުވާނެ އެވެ. އޭގެ ބަދަލުގައި ގޭގައި އަމިއްލައަށް ކުރެވޭ ފަރުވާ އެއް ހޯދައިގެން އެމަގުން ދިއުން މާބޮޑަށްވެސް ރަނގަޅުވާނެއެވެ. އެކަމުގައި އޮތް ހިތްހަމަޖެހުމަކީ ކެމިކަލް ފްރީ އެއްޗިއްސަށް ވެފައި ބައިވަރު ފައިސާ ތަކެއް ސޭވް ކުރެވުމެވެ. ގޭގައި އަމިއްލައަށް ކުރެވޭ ފަރުވާ ހުރިއިރު މިފަހަރު ތަޖްރިބާ ކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ.

ކިއުކަންބާ

ކިއުކަންބާއަކީ މޫނު ރީތި ކުރުމަށް އެކި ގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ. އެގޮތުން ލޯކައިރި ކަޅުވުމުން އެކަމުގެ ފަރުވާއަށް ވެސް ކިއުކަންބާ އަކީ މުހިއްމު އަދި ބޭނުންތެރި އެއްޗެކެވެ.

1. ކިއުކަންބާ އެއް ތުނިކޮށް ފޮތިކޮށްލާފައި އައިސް އަލަމާރީގައި ފިނިކުރަން ބަހައްޓާށެވެ. ރަނގަޅަށް ފިނި ވުމުން ލޯމަތީގައި އަޅައިގެން 10-15 މިނިޓް ވަންދެން އޮށޯވެލައިގެން އޮންނާށެވެ. އެއަށް ފަހު ތާފަނާ ފެންފޮދަކުން ލޯ ކައިރި ރީތިކޮށް ދޮވެލާށެވެ. ދުވާލަކު ދެއިރު ހަދަންވާނެއެވެ. ހަފްތާއެއްގެ ތެރޭގައި އަންނަ ރަނގަޅު ބަދަލު ފެންނާނެއެވެ.

2. ކުޑަ ކިއުކަންބާއެއް ގާނާލާށެވެ. އެއިން އޮލަކޮށް ޖޫސް ހަދައިގެން އައިސް އަލާމާރީގައި ފިނި ކުރުމަށްފަހު ކޮޓްން ބޯލް އަކުން ލޮލުގެ ވަށައިގެން ހާކާށެވެ. 15 ވަރަކަށް މިނިޓް ވާއިރު ހުންނާނީ ހިކިފައެވެ. ދެން ތާފަތާ ފެނުން މޫނު ދޮވެލާށެވެ. ދެއިރު ހަދަން ވާނެއެވެ.

3. ކިއުކަންބާއާއި ލުނބޯ ޖޫސް އެއްކޮށްފައި ކޮޓަންބޯލް އަކުން ލޯކައިރީގައި ވަށައިގެން އުގުޅާލާށެވެ. 15 މިނިޓް ވުމުން ފެންފޮދަކުން ދޮވެލާށެވެ. 10 ދުވަސް ވަންދެން ދުވާލަކު 1 ފަހަރު ހަދަން ވާނެއެވެ.

އަލުވި

އަލުތްވަކީ އޭގެ ޒާތުގައިވެސް ބްލީޗެކެވެ. ލޯކައިރި ކަޅުވުން ރަނގަޅު ކޮށްދިނުމުގެ އިތުރުން މޫނުގައި ހުންނަ ލައްތައް ފިލުވާލުމަށްވެސް އަލުވި ވަރެއް ނެތޭ ބުނެވިދާނެ އެވެ.

1.  ދެ އަލުވި، އައިސް އަލަމާރިއަށް ލާފައި ފިނިކުރަން ގަޑިއެއްހައި އިރުވަންދެން ބާއްވާށެވެ. ދެން ތޮށި ނޮޅާފައި ގާނައިގެން އެއިން ޖޫސް ތައްޔާރު ކުރާށެވެ.

ނިދަން ތައްޔާރުވުމުން ކޮޓަން ބޯލް އަކުން މި ޖޫސް ލޮލުގެ ވަށައިގެން ހާކާލާށެވެ. ސާފުކުރާނީ އަނެއް ދުވަހު ހެނދުނު ތާފަނާ ފެނުންނެވެ.

ހަފްތާއެއް ވަންދެން ނޫނީ ރަނގަޅު ވަންދެން ހަދާށެވެ.

ގްރީންޓީ ޓީބޭގް

ގްރީން ޓީއަކީ އެންޓި އޮކްސިޑެންޓުން މުއްސަނދި ވެފައިވާ އެއްޗަކަށްވާތީ އެއީ ލޯ ކައިރި ކަޅުވުމާއި ލޯ ރީދޫ ވުން ފަދަ ކަންކަމަށްވެސް ރަނގަޅު ފަރުވާއެކެވެ.

ފިނިފެން .(ރޯސް ވޯޓަރ)

1. ގަވާއިދުން މޫނުގައި ރޯސްވޯޓަރު ހާކާ ނަމަ ލޯކައިރީގައި ކަޅުވެފައި ހުންނަ ހުރުން ފިލުވާލުމަށް އެހީއަކަށް ވެގެންދެ އެވެ.

2. ފިނިފެންކޮޅެއް (ރޯސް ވޯޓާ) ކައްކާލުމަށްފަހު ކިއުކަންބާ ދިޔަ އެއާ އެއްކުރާށެވެ. މި އައިސްކިއުބް ތަށްޓަކަށް އަޅައިގެން ގަނޑުކޮށްފައި ލޮލުގެ ތިރީގައި ހާކާށެވެ.

އާމަންޑް އޮއިލް

އާމަންޑް ތެލަކީވެސް ލޯކައިރި ކަޅުވުން ރަނގަޅު ކުރުމަށް ވަރަށް އިފެކްޓިވް އެއްޗެކެވެ. ވިޓަމިން އާއި މިނެރަލް އެކުލެވިފައިވާތީ ހަންގަނޑު މަޑުކޮށް އޮތުމަށް އެހީތެރިވެދެއެވެ.

1. ނިދަން ތައްޔާރުވުމުން 5 ނޫނީ 6 ތިކި އާމަންޑް އޮއިލް ލޯކައިރީގައި ހާކާލާފައި މަޑުމަޑުން މަސާޖް ކޮށްލާށެވެ. ދޮވެލާނީ ހެނދުނު ފިނި ފެންފޮދަކުންނެވެ.

2. 5 ނޫނީ 6 ތިކި އާމަންޑްއޮއިލްގެ ތެރެއަށް 1ސަމުސާ މާމުއި އަޅައިގެން ނިދުމުގެ ކުރިން ހާކާލާށެވެ. އަނެއް ދުވަހު ހެދުނު ތާފަނާ ފެނުން ދޮވެލާށެވެ.

ތާޒާ ކިރު

ތާޒާ ކިރަކީ ހަންގަނޑުގެ ހިކިކަން (ޑްރައިސްކިން ) ފިލުވައި މަޑު ކޮށްދޭ އެއްޗެކެވެ. ކިރަކީ ޕްރޮޓީން އާއި އެންޒައިމް އަދި އެމިނޯ އެސިޑް އާއި އެންޓިއޮކްސިޑެންޓުން މުއްސަދިވެފައިވާ އެއްޗަކަށްވާތީ ގެއްލުން ލިބި ފައިހުންނަ ހަންގަނޑަށްވެސް ފަރުވާ ކުރެވެއެވެ.

1. ތައްޓަކަށް ކިރުއަޅާފައި ކޮޓްން ބޯލްއަކާއެކު މަދުވެގެން 1 ގަޑިއިރު އައިސް އަލަމާރީގައި ބަހައްޓާށެވެ.  ގަޑި ހަމަވުމުން ކިރުތަށި ނަގާފައި އޭގެ ތެރޭގައި ފިނިކޮށްފައި އޮތް ކޮޓަން ބޯލްއިން ލޯ ކައިރީގައި ފިނިކަން ކެނޑެން ދެން ހާކާށެވެ. ދުވާލަކު 3 ނޫނީ 4 ފަހަރު މިހެން ހަދަންވާނެއެވެ.

ޓޮމާޓޯ 

މެދު ސައިޒްގެ ޓޮމާޓޯއެއް ބްލެންޑަރަކުން މިކްސް ކޮށްލާށެވެ. ދެން ބައިސަމުސާ ލެމަން ޖޫސް އަދި ރީދޫ ކޮޅަކާއެކު 2ސައިސަމުސާ ގްރޭމް ފުށް ( ގޮދަން ފުށް ވައްތަރުގެ ފުށެއް) އެއްކޮށްލައިގެން ލޯކައިރީގައި ހާކާލާށެވެ. 15 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ. ހަފްތާއެއްގެ ތެރޭގައި  އެއްކޮށް ފޮހެވިގެން ދާނެއެވެ.

ކާށި ތެޔޮ

ނިދަން ވުމުން ކާށި ތެޔޮކޮޅަކުން ލޯވަށައިގެން މަސާޖްކޮށްލާށެވެ. މަސާޖް ކުރާނީ ފުރަތަމަ ގަޑީގެ ކަށި އެނބުރޭ ގޮތަށެވެ. ދެން އޭގެ އަނެއް ކޮޅަށެވެ. އަނެއްދުވަހު ހެނދުނު މޫނު ދޮންނާނީ ތާފަނާ ފެނުންނެވެ.

އެއްވެސް ކަމަކީ އެންމެ ރެއަކުން ނަތީޖާ ނިކުންނާނެ ކަމަށް ބަލައިގެން ނުވާނެ އެވެ. ގަވާއިދުން ފަރުވާތެރިކަމާއެކު ދުވަސްކޮޅަކު މަސައްކަތްކޮށްލުމުން ނަތީޖާ ފެންނާނެ އެވެ. (މަސްދަރު : ޓޮޕް10 ހޯމް ރެމެޑީސް )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top