ފަސޭހަކަމާއެކު ފޯސީޒަން އަތުން ސޮނޭވާ މޮޅުވެއްޖެ

soneva.jpg

ސޮނޭވާގެ ހަމަލާއެއް ފޯސީޒަންގެ ގޯލަށް ފޮނުވާލަނީ - ފޮޓޯ :އީވީ

އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން އިސްނަގައިގެން އޭދަފުށީގައި މިހާރު ކުރިއަށްދާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން 3-0 ގެ ތަފާތުން ފޯސީޒަން ބަލިކޮށް ސޮނެވާފުށި މެޗް ކާމިޔާބު ކޮށްފިއެވެ.

މެޗްގެ ފުރަތަމަ ހާފްގެ 18 ވަނަ މިނިތްގައި ލަނޑެއްޖަހައި ސޮނޭވާއަށް ލީޑް ނަގައިދިނީ އެޓީމްގެ އަޒީމުއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހައި ސޮނޭވާ ލީޑް ފުޅާކޮށްދިނީ ހަސަން ސުޖާއު އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއާޔާ އަށް ހޮވުނީ ސޮނެވާގެ ހަސަން ސުޖާއު އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ކިހަވައް ސްޓްރައިކާސް އާއި ފޯ ސީޒަން މޯލްޑިވްސް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top