ސްކޫލްތަކުގެ ޓީޗަރުންނަށް ޓެބްލެޓްތައް ހަވާލުކުރަން ފަށައިފި

big_YSXIbHlJ7yVCyhjVmQAzWb9Vk.jpg

އިސްކަންދަރު ސްކޫލްގައި މިއަދު އޮތް ޓީޗަރުންނާ ޓެބްލެޓް ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ :ޕީއެސް އެމް

ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދިނުމަށް ބޭނުންވާ ޓެބްލެޓްތައް ސްކޫލްތަކާ ހަވާލު ކުރަން މިއަދު ފަސައިފިއެވެ. އެގޮތުން މިއަދުވަނީ އިސްކަންދަރު ސްކޫލްގެ ހުރިހާ ޓީޗަރުންނަށްވެސް ޓެބްލެޓް ހަވާލު ކޮށް ދެއްވާފައެވެ.

މި ކަމަށް ޚާއްސކޮށްގެން އިސްކަންދަރު ސްކޫލްގައި އޮތް ރަސްމިއްޔާތުގައި ޓެބްލެޓްތައް ސްކޫލްގެ ޓީޗަރުންނާ ހަވާލު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމެވެ.

މި ރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްޤީއާއި ތައުލީމު ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައި ކަމަށާއި ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ކުރަން ޖެހޭ ކަމަށެވެ.

“ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިންޓަނެޓްގެ ނިޒާމް ގާއިމް ކުރެވިފައިވާއިރު ސްކޫލުތަކުގެ ޓީޗަރުންނަށް ގޫގުލް ލެވެލް އެކެއް އަދި ދޭއްގެ ކޯސްތައް ކުރިއަށް ގެންގޮސް ޓެބްލެޓަށް ޓީޗަރުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް މިހާރުވަނީ ކުރިއަށް ގެންގޮސްފަ. “މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު ވިދާޅުވީ ދެވަނަ ޓާމްގެ ކިޔެވުން ފެށިގެން ދާއިރުމާލޭގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތަކުގެ ސްކޫލް ތަކަށްވެސް ޓެބްލެޓްތައް ދެވިގެން ދާނެ ކަމުގައެވެ.

” އަޅުގަނޑުމެން މިއަދު ޓެބްލެޓް ހަވާލު މިކުރެވުނީ ހަމަ އެކަނި އިސްކަންދަރު ސުކޫލުގެ ޓީޗަރުންނާއި. ނަމަވެސް މި ހަފްތާގެ ތެރޭގައި މާލޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ޓެބްލެޓް ދެވިގެންދާނެ. އަދި އަންނަ ހަފްތާގެ ތެރޭގައި އަތޮޅުތެރެއަށް ޓެބްލެޓް ފޯރުކޮށްދެވިގެންދާނެ.” ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަފީއު ވިދާޅުވީ ދަރިވަރުންނަށް ޓެބްލެޓް ދިނުމަށް ނިންމާފައި މިވަނީ ދެވަނަ ޓާމް ފެށޭއިރު ކަމުގައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top