އެކްޓަރު ރާޖިވް ކަޕޫރު މަރުވެއްޖެ

rajiv-kapoor-.jpg

80ގެ އަހަރުތަކުގައި ހިންދީ ސިނަމާ ތަކުން ފެނުނު އެކްޓަރު ރާޖިވް ކަޕޫރު މަރުވެއްޖެއެެވެ.

ރާޖިވް މަރުވީ ހާޓްް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މިއަދު އެވެ. އޭނާ މަރުވި އިރު އުމުރަކީ 58 އަހަރެވެ.

ރާޖީވް އާއި ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާގެ ބޭބެ ރަންދީރު ކަޕޫރު ބުނެފައިވަނީ ޑޮކްޓަރުން ރާޖިވް ސަލާމަތް ކުރުމަށް ވަރަށް މަސައްކަތް ކުރިކަމަށާއި ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ.

ރާޖިވް ފިލްމީ ދުނިޔެއަށް ތައާރަފް ވެފައިވަނީ އޭނާގެ ބައްޕަ ރާޖްކަޕޫރު 1985 ގައި އުފެއްދި ފިލްމް ”ރާމް ތޭރީ ގަންގާ މޭލީ” އިންނެވެ.

ރާޖީވަކީ ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ. އެގޮތުން ބޭބެ ރިޝީކަޕޫރާއި  މަދޫރީ ޑިކްސިޓް 1996 ގައި ކުޅުނު “ޕްރޭމް ގްރާންތު” އަކީ ރާޖިވް ޑައިރެކްޓްކުރި ފިލްމެކެވެ. އެހެންނަމަވެސް ރާޖްކަޕޫރުގެ އާއިލާ، ފިލްމީ ދުނިޔެއިން ހޯދާފައިވާ ވަރުގެ ބޮޑެތި ކާމިޔާބު ތަކެއް ރާޖިވް އަށް ހޯދިފައެއް ނުވެއެވެ.

ރަޖީވް މަރުވިއިރު ކައިވެނި ވެސް އޮތީ ރޫޅިފަ އެވެ. ރަޖީވް އާއި އާރްތީ ސަބަރްވާލް 2001 ގައި ކުރި ކައިވެނީި ރޫޅުނީ 2003 ގައެވެ. އޭނާގެ ދަރިއަކުވެސް ނުހުރެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top