ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި

sp0-1450.jpg

ފުޅާ ދާއިރާއެއްގައި ރައްޔިތުން އަތްފޯރާ ފަށުގައި ބޭނުންތެރި ގިނަ މުދާ ހިމަނައިގެން ވިޔަފާރި ކުރަމުން އަންނަ ރެޑްވޭވް އިން ކޮންމެ އަހަރެއްގެ ފަހު ކޮޅު ބާއްވާ ރެޑްވޭވް އަހަރީ ސޭލްގެ މިދިޔަ އަހަރުގެ ނަސީބުވެރިން ހޮވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހުޅުމާލޭގައި ހުންނަ ރެޑްވޭވް މޯލް ގައެވެ.

މި ރަސްމިއްޔާތުގައި ރެޑްވޭވްގެ އަހަރީ ބާޒާރުގައި ބައިވެރިވި މީހުންގެ ތެރެއިން ގުރުއަތުލައި ނަސީބުވެރިންގެ ގޮތުގައި ހޮވުނު މީހުންނާއި ފައިސާގެ އިނާމާއި އަގުބޮޑު އެހެނިހެން އިނާމުތައް ލިބޭ މީހުން ވަނީ ކަނޑައަޅައިފައެވެ.

މިގޮތުން ރެޑްވޭވްގެ 11 ފިހާރައެއް ހިމެނޭހެން ބޭއްވި އަހަރީ ބާޒާރުގައި ބައިވެރިވި މީހުންގެ ތެރެއިން ނަސީބުވެރިންނަށް 75،000ރ. ގެ ފައިސާގެ އިނާމު ވަނީ ދީފައެވެ. އެއީ އެއްވަނަ އަށް ދާ މީހާއަށް 25،000ރ. އަދި ނަސީބުވެރި ދިހަ މީހަކަށް 5،000ރ. އެވެ.

ރެޑްވޭވްގެ އަހަރީ ބާޒާރުގެ ޕްރޮމޯޝަންގައި ރެޑްވޭވްގެ ފޭސްބުކް ޕޭޖްގައި ހަރަކާތްތެރިވެގެން ގަދަ ފަހަކަށް ދިޔަ ފަރާތްތަކަށްވެސް ރެޑްވޭވްގެ ބްރޭންޑް ތަކުން ވަނީ އަގުހުރި އިނާމުތަކެއް ދީފައެވެ.

ރެޑްވޭވް އިން ބުނީ 2001 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ ފިހާރައިގެ އަހަރީ ބާޒާރު ބާއްވަމުން އަންނަ ކަމަށާއި މިއަހަރުގައިވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ގިނަ އިނާމުތައް ލިބޭގޮތަށް އަހަރީ ބާޒާރު ކުރިޔަށް ގެންދާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top