ހަފްތާ ބަންދުގައި މޫސުން ގޯސް

DSCN9667.jpg

މޫސުން ގޯސް ދުވަހެއް---އީވީ ފޮޓޯ

ކުރިއަށް އޮތް ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް ) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަންނަ ހުކުރު ދުވަހު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ކުރާއިރު، ދެކުނުގެ ހުރިހާ އަތޮޅަކަށް ހޮނިހިރު ދުވަހު ކެރީގެ އަސަރު ކުރާނެ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާއިރު މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ ހއ އަތޮޅުން ހދ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން ބުނެއެވެ.

މިއަދާއި، ކުރިއަށް އޮތް ހަފުތާ ބަންދަކީ ސްކޫލުތަކުގެ މިޑް ޓާމު ޗުއްޓީ ނިންމުމަށް ފަހު މީހުން ރަށްރަށަށް ފުރާ ދުވަސްކޮޅެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top