ބ. ބޮޑުފިނޮޅުގައި ތަރައްގީކުރާ ރިސޯޓް މިއަހަރު ހުޅުވާނެ

hjvnb.jpg

ބ. ބޮޑުފިނޮޅުގައި ތަރައްގީކުރަމުން އަންނަ ރިސޯޓު މިއަހަރު ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ 310 އެނދުގެ ބޮޑުފިނޮޅު ރިސޯޓާއި އެކު، އަހަރުގެ ނިޔަލަށް އިތުރު ހަތަރު ރިސޯޓެއް ހުޅުވާނެ ކަމަށެވެ. އެގޮތުން ހުޅުވަން ޕްލޭންކޮށްފައި މިހާރު ހުރި ރިސޯޓްތަކަކީ ޅ. މާބިންހުރާގައި ތަރައްގީ ކުރަމުން އަންނަ 408 އެނދުގެ ރިސޯޓާއި އެ އަތޮޅު ދެރުފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ 172 އެނދުގެ ރިސޯޓްގެ އިތުރުން މާލެ އަތޮޅު އެނބޫދޫ ފަޅުގައި ތަރައްގީ ކުރަމުން އަންނަ 174 އެނދުގެ ރިސޯޓެވެ.

ބ.އަތޮޅުގައި މިއަހަރު ވަނީ ބ. ފަރެސްގައި ތަރައްގީކުރި ފަރެސް މޯލްޑިވްސް ރިސޯޓުވެސް ހުޅުވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖޭގައި މިހާރު 172 ރިސޯޓެއް ހިންގަ އެވެ. މިއީ 42،159 އެނދެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top