ކުރާނެ މަސައްކަތެއް ނެތް މުވައްޒަފުންވެސް ފެނަކަ އަށް ނަގާފައިވޭ : އަދުރޭ

F6A1WDrbYAEBqEW.jpeg

ކުރާނެ އެއްވެސް މަސައްކަތެއް ނެތް މުވައްޒަފުންވެސް ފެނަކަ އަށް ނަގާފައިވާކަމަށް އިންތިގާލީ އޮފީހުގެ ވެރިޔާ އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ފެނަކައިގެ މުވައްޒަފުންގެ އަދަދު ތިން ގުނައަށް އިތުރުވީއިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވަނީ އެމީހުން އިށީންނާނެ ގޮނޑިއެއް، އަދި ކުރާނެ މަަސައްކަތެއް ވެސް ނެތި ކަމަށެވެ.

އެހެންކަމުން އިންތިގާލީ މަރުހަލާގައި ކުންފުނިތަކުގެ މައުލޫމާތު އެއްކުރުމުން ފެނުނީ ފެނަކަ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ މަންޒަރު ކަމަށެވެ.

”2018 ވަނަ އަހަރު ރައީސް ޔާމިންގެ ސަރުކާރު ނިމިގެން ދިޔައިރު، އަޅުގަނޑު ހަނދާންވަނީ، މުޅި ކުންފުނީގެ މުވައްޒަފުން އަދަދަކީ، 2،700 ކޮންމެވެސް ވަރެއް. ނަމަވެސް މިހާރު މައުލޫމާތު ލިބޭ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުން 8،000 އަށްވުރެ ގިނަ. “ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކުންފުނީގެ މުވައްޒަފުންގެ އަދަދު ގިނަކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހުރީ ބަނގުރޫޓު ވުމާ ހަމައިގާ ކަމަށާއި ފެނަކައަކީ އެގޮތުން ފާހަގަ ކުރެވުނު އެންމެ ބޮޑު އެއް ކުންފުނި ކަމަށެވެ.

“ފެނަކައަކީ، މުޅި ރާއްޖެއާ ގުޅުންހުރި ކުންފުންޏެއް. (އެކަމަކު) ކުންފުނީގެ މަގްސަދު ހާސިލުކުރުމުގެ ބަދަލުގައި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ކުންފުނީގެ ބޭނުން ހިފުމުގެ ސަބަބުން އެހާ ބޮޑަށް އެ ކުންފުނި ދަރަނިވެރިވެފައި އެ އޮތީ.” އަބްދުއްރަހީމު ވިދާޅުވިއެވެ.

ފެނަކައިގެ ދަރަނި މިހާރު ދެ ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top