ޗެންޕިއަނުންގެ ޗެރިޓީ މެޗަކާއިއެކު ވެސްޓް ވިންގުން، ފެމެލީ ސެންޓަރަށް 5000ރ ދެނީ

fsd.jpg

“ކޮމިއުނިޓީ ޗެރިޓީ ޝީލްޑް” ގެ ނަމުގައި ވެސްޓް ވިންގް ޖަމްއިއްޔާއިން އޭދަފުށީގައި ދައްކާލުމުގެ މެޗެއް ކުޅުމަށް ހަމަޖައްސައިފިއެވެ.

މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މިމެޗްގައި ބައްދަލުކުރާނީ މިދިޔަ އަހަރު އޭދަފުށީގައި ބޭއްވި އެންމެ ޝަރަފުވެރި މުބާރާތްކަމުގައިވާ ފްރެންޑްލީ ޔޫތު ކަޕްގެ ޗެންޕިއަން “ހުސްސޮނގުން ޓީމާ” އި، އިންޓަރ ރިސޯޓް ބ. އަތޮޅު ޗެންޕިއަން 2017 ޑުސިޓް ތާނީ މޯލްޑިވްސްއެވެ.

ވެސްޓް ވިންގްގެ ވައިސް ޗެއާޕާސަން ޒައިދު އަލީ އީވީއަށް ވިދާޅުވީ މިއީ އޭދަފުށީގެ ފުޓްބޯޅަ ހަރާކާތްތައް 2018 ވަނައަހަރަށް ފެށުން ފާހަގަކުރުމާއި، ޖަމްއިއްޔާގެ މިއަހަރުގެ ހަރަކާތްތައް ފަށައިގަތުމުގެ ގޮތުން ކުޅުމަށް ހަމަޖެއްސި މެޗެއްކަމަށެވެ. އޭނާ ވިދާޅުވީ ޗެރިޓީއަށް ހާއްސަ މިމެޗަށްފަހު ވެސްޓް ވިންގްގެ ފަރާތުން -/5000ރ ބ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ހަދިޔާ ކުރާނެކަމަށެވެ.

“2018 އަށް ޖަމްއިއްޔާގެ ހަރަކާތްތައް ކިކްއޮފް ކޮއްލުންމީ. ޖަމްއިއްޔާގެ އިޖްތިމާއީ ޒިންމާގެ ދަށުން މިމެޗަށްފަހު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރަށް ފަސްހާސް ދިވެހި ރުފިޔާ ހަދިޔާކުރެވޭނެ. އުއްމީދަކީ މިމެޗް ކޮންމެ އަހަރަކުވެސް ޖަމްއިއްޔާގެ ފަރާތުން އިންތިޒާމްކޮށް އެހީއަށް ބޭނުންވާ ފަރަތާތްކަށް ކޮންމެވެސް އެހީއެއް ފޯރުކޮށްދިނުން” އޭދަފުށީ ކައުންސިލްގެ ވެސް މެމްބަރ ޒައިދު ވިދާޅުވިއެވެ.

ވެސްޓް ވިންގް ޖަމްއިއްޔާއިން ބުނީ އެޖަމްއިއްޔާއިން އިސްނަގައިގެން 2018 ވަނަ އަހަރު އޭދަފުއްޓަށް ފައިދާހުރި، ކަންކަން ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަމަށެވެ.

2017ވަނަ އަހަރު އޭދަފުށީ ހުޅަނގު ސަރަހައްދުގެ ޒުވާނުންތަކެއް އެކުވެގެން އުފެއްދި ވެސްޓް ވިންގް އޭދަފުށި ޖަމްއިއްޔާއިން މިދިޔަ އަހަރު ރަމަޟާންމަހު ވަނީ އޭދަފުށީގެ މިސްކިތްތަކުގައި ބޭނުންކުރުމަށް 50 މުސްހަފްވެސް ހަދިޔާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top