އެންމެ 15މިނިޓުން ނަތީޖާ ލިބޭ ޓެސްޓް ކިޓެއް މެޑްޓެކް އިން ރާއްޖެއަށް ތައާރަފްކޮށްފި

އެންމެ 15 މިނެޓުން ނަތީޖާ ލިބޭ “ބައިނެކްސްނައު ކޮވިޑް19 އޭޖީ ކާޑު” މަޝްހޫރު މެޑްޓެކް ކުންފުނިން ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

މި ޓެސްޓަކީ ލެބޯޓްރީ ތަހުލީލު ކުރަން ބޭނުންކުރާ އާލާތްތައް އުފެއްދުމުގެ ގާބިލް ކަމާއެއްވަރަށް އިތުބާރު ލިބިފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެބޮޓް ލެބޯޓްރީން އުފައްދާފައިވާ ޓެސްޓެކެވެ. މެޑްޓެކްއަކީ އެބޮޓްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

މިޓެސްޓް، އެމެރިކާއާއި ޔޫރަޕްގައިވެސް މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.

އޭޖީ ކާޑުގެ އިތުރުން އެކުންފުނިން ވަނީ މި ޓެސްޓަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފަ އެވެ. މި އެޕްލިކޭޝަނުން އެންމެ ފަހުން ޓެސްޓު ހެދި ތާރީޚާއި ޓެސްޓުގެ ނަތީޖާ ނައްސިކަން ވެސް ދައްކައިދެ އެވެ.

އެބޮޓް ކުންފުނީގެ އޭޖީ ކާޑުގެ ސަބަބުން ސްކޫލްތަކާއި އޮފީސް ފަދަ ގިނަ އަދަދެއްގެ މީހުން އުޅޭ ތަންތަނުގައި ފަސޭހަކަމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކޮވިޑް19 އަށް ޓެސްޓު ހަދާލެވޭނެ އެވެ،

ކަމާބެހޭ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމަށްޓަކައި އެބޮޓްއިން ވަނީ މި ޓެސްޓާ ގުޅޭ ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށް، ފޯނުން ޓެސްޓުގެ ނަތީޖާ ފެންނާނެ ގޮތް ވެސް ފަހިކޮށްދީފަ އެވެ.

އެބޮޓްގެ އަމާޒަކީ މި ޓެސްޓާއެކު އަންނަ މަހުން ފެށިގެން ކޮންމެ މަހަކު ވެސް މަދުވެގެން 50 މިލިއަން ޓެސްޓު ހެދުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top