ހަނިމާދޫ ކައުންސިލުން އެ ރަށު ގެތަކަށް ޑަސްބިން ހަދިޔާކޮށްފި

l_168330454154hftI.jpg

ހަނިމާދޫގެ ގެތަކަށް ހަދިޔާ ކުރި ޑަސްބިން -- ފޮޓޯ/ ހަނިމާދު ކައުންސިލް

ކުނިވާ ޒާތުގެ ކުނި އެޅުމަށް ޚާއްސަކޮށް ހދ. ހަނިމާދޫ ކައުންސިލުން އެ ރަށުގެ ގެތަކަށް ޑަސްބިން ހަދިޔާކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން ބުނިގޮތުގައި ކުނިވާ ޒާތުގެ ކުނި އަޅަން އެ ރަށުގެ ގެތަކަށް ޑަސްބިން ހަދިޔާކުރަން ނިންމީ، ކުނިވާ ޒާތުގެ ކުނި ފަސޭހަކަމާ އެކު ނައްތާލުމަށެވެ. އަނެއް ކަމަކީ ޕްލާސްޓިކް ކޮތަޅަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމެވެ.

އާބާދީގައި 2869 މީހުން ދިރިއުޅޭ ހަނިމާދޫގެ ކޮންމެ ގެއަކަށް ވެސް ކައުންސިލުން ވަނީ 50 ލީޓަރުގެ ޑަސްބިން ހަދިޔާކޮށްފައެވެ. ޑަސްބިނާ އެކު އެ ޑަސްބިން ބޭނުން ކުރާނެ ގޮތާއި، ޑަސްބިނަށް އަޅާނެ ކުނީގެ މައުލޫމާތު ހިމެނޭ  ލީފްލެޓެއްވެސް ވަނީ ހަދިޔާ ކޮށްފައެވެ.

މި ކަމަށް ދުރާލައި 250،000 ރުފިޔާ ބަޖެޓު ކޮށްފައިވާއިރު ކައުންސިލުން ބުނީ، މި ކަމަށް ޚަރަދުވީ 129،000 ރުފިޔާ ކަމަށެވެ.

މީގެ ކުރިން އެ ރަށުގެ ގޭގެއަށް އާންމުކޮށް އުފެދޭ ކުނި އެޅުމަށް 250 ލީޓަރުގެ ޑަސްބިން ވެސް ކައުންސިލުން ވަނީ ބަހާފައެވެ.

މި ކަމަށް ރަށުގެ ރައްޔިތުންގެ ކިބައިން ލިބޭ އެހީތެރިކަން ފާހަގަކޮށް ކައުންސިލުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

އޭދަފުށީ ކައުންސިލުން އެބަ އަޑުއަހަން ހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top