ޝެއިން އިން އަނެއްކާވެސް ރާއްޖެއަށް ހިލޭ ޝިޕްކުރަން ފަށައިފި

c_panos_2021_shein_010-2560x1706-1-2048x1365-1.jpg

ރާއްޖޭގެ ގިނަ ބަޔަކު އޮންލައިން ކޮށް ވިޔަފާރި ކުރަމުން އަންނަ ޝެއިން އިން އަނެއްކާ ވެސް ރާއްޖެ އަށް ހިލޭ ޝިޕިން ކުރަން ފަށައިފި އެވެ.

ޝެއިން އިން އަލުން ހިލޭ ޝިޕްކުރަން ނިންމާފައި މިވަނީ ހިލޭ ޝިޕް ކުރުން ހުއްޓާލައި ރާއްޖެއަށް ޝިޕްކުރަމުން ދިޔަ ކޮންމެ އެއްޗަކުން 30 ޑޮލަރު ނަގަމުން ގެންދިއުމަށް ފަހު އެވެ.

ރާއްޖެއަށް ފްރީ ޝިޕިން ކުރެވޭ ގޮތަށް ޝެއިން އިން ނިންމާފައިވަނީ ކުރީގެ ވެސް ޕޮލިސީ އާއި އެއްގޮތަށެވެ. އެއީ ކޮންމެ 250 ޑޮލަރުން މަތީގެ އޯޑަރުތަކަށް ފްރީ ޝިޕިން ކޮށްދޭ ގޮތަށެވެ. ކުރިން ޝެއިން އިން ހިލޭ ޝިޕިން ކޮށްދީފައި ވަނީ 200 ޑޮލަރުން މަތީގެ އޯޑަރު ތަކަށެވެ.

ދުނިޔޭގެ މަޝްހޫރު ފާސްޓް ފެޝަން ބްރޭންޑު ކަމަށްވާ “ޝެއިން” ގެ އުފެއްދުންތަކުގެ އަގު ހެޔޮވުމުން އެ އުފެއްދުންތަކުގެ މަގުބޫލުކަން ވަނީ އިތުރުވެފަ އެވެ. އެގޮތުން ޝެއިން އިން ރާއްޖެއަށް ތަކެތި ގެނެސްގެން ބައެއް ފަރާތްތަކުން ވިޔަފާރި ވެސް ކުރެމުންދެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top