ވޯލްޑް ކަޕް ބަލަން ޖަމިއްޔާތަކަށް ޕްރޮޖެކްޓަރު ދޫކުރަނީ

TFBFbd8vNfcnwTVMngYQed-ppz77hjduvltqycsb4k7v39b4u90h3tkq5faisyj6c.jpg

މިމަހު 20 ވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ “ފީފާ ވޯލްޑް ކަޕް 2022” ފުޓްބޯޅަ މުބާރާތް ބެލުމަށް މަދަނީ ޖަމިއްޔާތަކަށް 100 ޕްރޮޖެކްޓަރު ދޫކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނެފި އެވެ.

މި 100 ޕްރޮޖެކްޓަރު ދޫކުރަން ނިންމާފައިވަނީ “ޔޫރޯ 2020” ފުޓްބޯޅަ މުބާރާތް ބެލުމަށް، އެ މިނިސްޓްރިން ޕްރޮޖެކްޓަރު ދޫކޮށްފައިނުވާ ޖަމިއްޔާތަކަށެވެ.

މިކަމަށް އެދޭ މަދަނީ ޖަމިއްޔާތަކުން އެ ޖަމިއްޔާގެ ރަސްމީ ލެޓަހެޑުގައި، ޕްރޮޖެކްޓަރު ބޭނުންވާކަން ސިޓީއަކުން މި މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަންގަވައި ދެއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ. ސިޓީ އީމެއިލް ކުރެއްވާނީ [email protected] އަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top