ކޮލޮސްޓްރޯލް އާއި ކުކުޅު ބިސް. ގުޅުމަކީ ކޮބާ؟

L1702_Eggs_TSk4556383391.png

އަހަރެމެން އުޅެ ބޮޑުވީ ކުކުޅުބިހަކީ ކޮލޮސްޓްރޯލް މައްޗަށްދާ ކަމެއް ކަމަށް ހީކޮށްގެން ތިބެއެވެ. އަދި ހިތުގެ ބަލި ޖެހުމަށް މަގު ފަހިކުރާ ބާވަތެއްކަމުގައިވާ ސެޗުރޭޓެޑް ފެޓް (ނުރައްކާ ކޮލޮސްޓްރޯލް )ގިނައިން އެކުލެވޭ ކަމަށްވެސް ހީކުރަމުއެވެ. އެކަމަކު ބިހުން ލިބޭ ފައިދާ އޮތީ ހަނދާން ނައްތާލާފައެވެ.

ކުކުޅު ބިހެއްގައި 6 ގްރާމް ޕްރޮޓީން އާއެކު، ވިޓަމިން ބީއާއި ޒިންކް އަދި ކްލޮރިން ހުރެއެވެ. މީގެ އިތުރުން 75 ކްލޮރީސް، އޮމެގާ3 ފެޓީއެސިޑް، ކެލްސިއަމް ، އަދި އެންޓިއޮކްސައިޑް ވެސް ލިބެއެވެ. މިއީ މުޅިންވެސް ހަށިގަނޑަށް ފައިދާ ހުރި މާއްދާ ތަކެކެވެ.

ބިސް ނުކެއުމަށް ސިއްހީ މާހިރުން ލަފާ ދެއެވެ. އެކަމަކު މި ދިޔަ އެޕްރީލް މަހު ”ޖާމާ ” އިން ވަނީ ކުކުޅު ބިސްކެއުމާ ހިތުގެ ބަލިތަކާ ހުރި ގުޅުންތަކާބެހޭ ގޮތުން ވަރަށް ތަފްސީލު ދިރާސާ ރިޕޯޓެއް އެކުލަވާލާފައިވެއެވެ. ކިޔާލަމާ ހިނގާށެވެ.

ކުކުޅު ބިހުން ހަށިގަނޑަށް ގެއްލުން ލިބޭތަ ؟

މި ކަމަށް އަލި އަޅުވާލުމުގެ ކުރިން ފުރަތަމަ، ކޮލޮސްޓްރޯލާ ކުކުޅުބިހާ ހުރި ގުޅުމަށް ބަލާލުން ރަނގަޅުވާނެއެވެ.

އާދައިގެ ކުކުޅު ބިހެއްގައި 180 ގްރާމް ކޮލޮސްޓްރޯލް އެކުލެވެއެވެ. ކުރިން ޑޮކްޓަރުން ނަސޭހަތްތެރިވަނީ ދުވާލަކު 300 މިލިގްރާމަށްވުރެ ގިނައިން ހަށިގަނޑަށް ކޮލޮސްޓްރޯލް އެތެރެ ނުކުރުމަށެވެ. ހިތުގެ ބަލި މީހެއްނަމަ މިއަދަދު 200 މިލިގްރާމަށްވުރެ މައްޗަށް ނުގެންދިއުމަށެވެ. އެކަމަކު މިހާރު މި މިންގަނޑަށް ބެލުމަށް ބާރެއް ނާޅައެވެ.

“ޖާމާ”ގެ ރިޕޯޓުގައި ބިސް ކެއުމުން ހިތުގެ ބަލިތައް ޖެހުމަށް މަގު ފަހިކޮށްދޭ ކަމަށް ސާފު ކޮށް ބުނެފައި އޮތެވެ.

އެކަމަކު ޑޮކްޓަރ ފްރެންހޫ (ހާވަޑް ޗަން ސްކޫލް އޮފް ޕަބްލިކް ހެލްތު ގެ ޑިޕާޓްމަންޓް އޮފް ނިއުޓްރިޝަން ގެ ޗެއަރމަން) ވިދާޅުވަނީ ސިއްހަތު ރަނގަޅު މީހަކު އާދައިގެ ވަރަކަށް ބިސް ކެއުމަކީ މައްސަލަ އެއް ނޫންކަމަށެވެ. އެކަމކު އެއީ ކޮންމެހެން މަޖްބޫރު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެއެވެ.

މީގެ އިތުރުން އެރިޕޯޓުގައި ބުނެފައިވަނީ ކުރީގެ ހޯދުންތައް ދައްކާ ގޮތުގައިވެސް ސިއްހަތު ރަނގަޅު މީހުން މަދުމަދުން ބިސް ކައި އުޅުނަސް ހިތުގެ ބަލިޖެހުމަށް މަގު ފަހި ނުވާނެ ކަމަށެވެ.

ކޮލޮސްޓްރޯލްގެ ސަބަބުން ހަށިގަނޑަށް ވަނީ ކިހިނެއް ؟

ކޮލޮސްޓްރޯލް ހުންނަ އެއްޗެއް ކައިގެން ލޭގައި އޭގެ މިންވަރު މަތި ނުވެ ހިނގައިދާނެއެވެ. އެކަމަކު އެ އެއްޗެއްގައި ސެޗުރޭޓެޑް އަދި ޓްރާންސް ފެޓް ގެ އިތުރުން ކާބޯ ހައިޑްރޭޓްސް ހުރި މިންވަރަކުން އޭގެ ނުބައި އަސަރު ކުރެއެވެ. އެހެންވީމާ މާގިނައިން ބިސް ކަހަލަ ކޮލޮސްޓްރޯލް ހުންނަ ކާނާ ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ދެންއޮތީ ސެޗުރޭޓެޑް ފެޓްސް ނުވަތަ ޓްރާންސް ފެޓް ހުންނަ ތަކެތި ކެއުން މަދު ކުރުމުން ހިތަށް ކުރާ ރަނގަޅު އަސަރުތަކުގެ ވާހަކަ އެވެ. އެގޮތުން ސެޗުރޭޓެޑް ފެޓްސް އަދި ޓްރާންސް ފެޓް ނުހުންނަ ކާނާ ނުކާ މީހުންގެ ހިތުގެ ބަލިތައް ރަނގަޅުވެސް ކޮށްދެއެވެ.

“އެމެރިކަން ހާޓް އެސޯސިއޭޝަން “އިން ބުނަނީ ސެޗުރޭޓެޑް ފެޓް، ކެލޮރީސްގެ %6އަށް ވުރެ މަދުން ކެއުމަށެވެ. އޭގެ މާނައަކީ 2000 ކެލޮރީ އަށް 120 ކެލޮރީ ނުވަތަ 13 ގްރާމް ސެޗުރޭޓެދް ފެޓް އަށް ވުރެ މަދުން ކެއުމެވެ. ކުކުޅު ބިހެއްގައި 15ގްރާމް ސެޗުރޭޓެޑް ފެޓް ހުރެއެވެ. މިއިން އެނގެނީ ހިތުގެ ބަލި ހުންނަ މީހުން ބިސް ކެއުން އެހާ ރަނގަޅު ނޫންކަމެވެ. ހާވަޑްގެ ޑޮކްޓަރުން ވެސް ލަފާ ދެނީ މި ގޮތަށެވެ.

ކޮލެސްޓްރޯލާ މެދު ހަނދާން ނެތުނު ކަންތައް ތައް.

ކެއުމުގައި ވިސްނަން ޖެހެނީ ހަމައެކަނި ހިތުގެ ބަލި ތަކަކަށް ނޫނެވެ. ކުކުޅު ބިހުގައި ހުންނަ ކްލޮރިންއަކީ ބައެއް ހާލަތްތަކުގައި ހަށިގަނޑަށް ފައިދާ، އަދި ބައެއް ހާލަތުގައި ގެއްލުންވެސް ދޭ އެއްޗެކެވެ. ކްލޮރިން އަކީ ވިޓަމިން ބީ އާ ގާތް ގުޅުމެއް އޮންނަ ފެނުގައި ގިރޭ މާއްދާ އެކެވެ. މިއީ ސިކުނޑީގެ މަސައްކަތްތައް އިމްޕްރޫވް ކޮށް ހަރަކާތްތެރިވުމަށް އެހީވެދޭ މުހިއްމު މާއްދާއެކެވެ. ކްލޮރިން އަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާއްދާ އެކެވެ. ޔަގީން ނުކުރެވެނީ އެއީ ސީދާ ކިހާ މިންވަރަކަށް ބޭނުންކުރަން ޖެހޭ މާއްދާއެއް ކަމެވެ.

ކުކުޅުބިހަކީ ވަރަށް ގިނައިން ކްލޮރިން ހުންނަ އެއްޗަކަށް ވެފައި އެންމެ ބިހެއްގައިވެސް 6 އައުންސް ކުކުޅުމަހުގައި ހުންނަ ވަރަށް ކްލޮރިން އެކުލެވެއެވެ.

ކްލޮރިން އަކީ “ޓީ،އެމް .އޭ .އޯ އުފެއްދުމަށް މަގު ފަހި ކޮށްދޭ މާއްދާއެކެވެ. މިއީ ހަށިގަނޑަށް ނުރައްކާތެރި ވެފައި ލޭ “ކްލޮޓް’ ވުމަށް މަގު ފަހި ކޮށްދޭ  މާއްދާއެކެވެ. ބައެއް ހާލަތްތަކުގައި ކެންސަރުޖެހުންވެސް ގާތް މާއްދާއެކެވެ. އެއްގަމު މަހާއި ގަސްގަހުން ލިބޭ ތަކެތި ކައި އުޅޭ ޖަނަވާރުގެ ލޭގައި ޓީއެމްއޭއޯ ގެ ލެވެލް، ކުކުޅު ބިސް ކެއުމަށްފަހު މަތިވާކަން ފާހަގަ ކުރެވެ އެވެ.

އެހެންވިއްޔާ ބިސް ކެއުމުން ހަށިގަނޑަށް ކުރަނީ ފައިދާ ނޫނީ ގެއްލުން ހެއްޔެވެ؟

ހިތަށް ކުރާ އަސަރުތަކަށް ބަލާއިރު ބިސް ކެއުމަކުން އެހާ ބޮޑު ގެއްލުމެއް ނުލިބެ އެވެ. އެކަމަކު އެއްގަމު މަސް ކައިއުޅޭ މީހެއް ނަމަ ގިނައިން ބިސް ކެއުން ރަނގަޅެއް ނޫނެވެ.

“އަހަންނަކީ ކާޑިއޮލޮޖިސްޓެއް. ގަސްގަހާގެހީގެ ބާވަތްތައް އެކުލެވޭ ޑައެޓެއް ގެންގުޅެން. އެކަމަކު ގިނަވެގެން ހަފްތާއަކު ދެ ބިސް ކަނީ.”ޑޮކްޓަރ އެލިޒަބަތު ކްލޯޑާސް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top