ކޮވިޑް-19: ރާއްޖެއިން 406 މީހުން ރަނގަޅުވެއްޖެ.

edd4465fcf0339414fb74e8454e8a5cb.jpg

އެޗްޕީއޭއިން މާލޭގައި ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 406 މީހުން ރަނގަޅު ވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މީގެ އިތުރުން ރޭގައި ވެސް ވަނީ ބަލި ޖެހުނު 14 މީހަކަށް ބަލިން ޝިފާ ލިބިފައެވެ. އޭގެ ތެރޭގައި ތެރޭގައި އަށް އަހަރުގެ ކުއްޖަކާއި ހަތަރު އަހަރުގެ ކުއްޖަކު ވެސް ހިމެނެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި އެންމެ ކުޑަ ކުއްޖަކީ 11 ދުވަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އެންމެ އުމުރުން ދުވަސްވީ މީހަކީ 92 އަހަރުގެ އަންހެނެކެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަކީ 1،672 އެވެ. ނަމަވެސް މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އުޅެނީ 1،264 ގަ އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން ފަސް މީހަކު ނިޔާވެފައިވެ އެވެ. އެއީ 80 އަހަރުން މަތީގެ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 863 މީހުންނަށް ބަލި ޖެހުނުއިރު ދިވެހިންގެ އަދަދު އުޅެނީ 555 ގަ އެވެ. އެ ބަލި އެންމެ ގިނައިން ޖެހިފައިވަނީ 31-40 އަހަރާ ދެމެދުގެ މީހުންނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top