ރޯޔަލްގައި ކަރަންޓީނުވެފައި ތިބި މީހުންނަށް އޭދަފުށީ ރައްޔިތުންގެ ފަރާތުން ފަހު ރޯދަ ވީއްލުން ،

viber_image_2020-05-30_22-07-08.jpg

ކޮވިޑް ރޯގާ އާގުޅިގެން ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނުވެފައި ތިބި މީހުންނަށް އޭދަފުށީ ރައްޔިތުންގެ ފަރާތުން ހަރޯދައިގެ ފަހު ދުވަހު ރޯދަވީއްލުމެއް ދީފިއެެވެ.

މި ރޯދަވީއްލުން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވީ މައިމޫނާ ހުސޭން އާއި ކައުންސެލަރު ހައްވާ ސަމީހާ އެވެ.

މައިމޫނާ މައުލޫމާތު ދިން ގޮތުގައި ރޯޔަލްގައި ކަރަންޓީނުގައި ތިބި 200އެއްހާ މީހުންނަށް ހަ ރޯދަ ނިމުން ފާހަގަ ކުރުމަށް ދިން މި ރޯދަވީއްލުމުގައި ކުޅި އަދި ފޮނި ހެދިކާގެ އިތުރުން 4 ވައްތަރެއްގެ ފަންޏާއެކު ޖޫސް ޕެކެޓްވެސް ފޯރުކޮށްދެވިފައިވެއެވެ.

“ހަމަ ކުއްލިއަކަށް ހިތަށް އައި ޚިޔާލެއް. ރަށު ކައުންސިލާ ވާހަކަ ދެއްކުމަށްފަހު ކުޑަކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހަމަޖެހިގެން ދިޔައީ.” މައިމޫނާ މައުލުމާތު ދިނެވެ.

މައިމޫނާ ބުނީ މިކަމަށް އޭދަފުށީ ރައްޔިތުންގެ ފަރާތުން ލިބިފައިވަނީ ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ކަމަށާއި އެކަމަށް ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރަން ބޭނުންވާކަމަށެވެ.

 

ރޯޔަލްގައި ކަރަންޓީނު ވެފައި ތިބި މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން އިސްނަގައި ރޯދަވީއްލުމެއް ތައްޔާރު ކޮށް އެރިސޯޓަށް ފުރަތަމަ ފޮނުވީ ހިތާދޫ ރައްޔިތުންނެވެ. އޭގެ ފަހުން މާޅޮސް، ތުޅާދޫ އަދި ގޮއިދޫން ވެސް ވަނީ ރޯދަވީއްލުމެއް ދީފައެވެ. އެންމެ ފަހުން މި ދިޔަ ހަފްތާގައި އޭދަފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ވެސްޓް ވިންގްސް އާއި އަމިއްލަ ފަރާތަކުންވެސް ވަނީ ރޯދަވީއްލުމެއް ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top