ފެންވަރު ދަށް ބޭސް ބޭނުންކުރަން ރައްޔިތުންނަށް މަޖުބޫރު ނުކުރުމަށް ގޮވާލައިފި

25224616f68ee9cf184d641ae2744421d172f05995c972940ad5b7547b9b2620.jpg

އެސްޓީއޯ ދޮންފަނު ފާމަސީ

އާސަންދަ މެދުވެރިކޮށް ބޭސް ނެގުމުގެ އުސޫލަށް ގެނައި ބަދަލާއެކު، ގިނަ ދިވެހިންނަށް ފެންވަރު ދަށް ބޭސް ބޭނުންކުރަން ޖެހިދާނެކަމުގެ ބިރުވެރިކަން އެބައޮތްކަމަށް ބުނެ ދިވެހިރާއްޖެއަށް ބޭހާއި ސިއްހީ ފަރުވާއަށް ބޭނުންވާ އެހެނިހެން ސާމާނުތައް އެތެރެކުރާ ފަރާތްތަކުގެ ޖަމިއްޔާ، މޯލްޑިވްސް ފާމަސޫޓިކަލް އެންޑް ހެލްްތުކެއަރ ޑިސްޓްރިބިއުޝަން އެސޯސިއޭޝަން (އެމްޕީއެޗްޑީއޭ)އިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން މިހެން ގޮވާލާފައިވަނީ އާސަންދަ މެދުވެރިކޮށް ބޭސް ނެގުމުގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެމްޕީއެޗްޑީއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ރިވިއުކުރުމުން، އެ ފުރުސަތުގެ ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށް، މާކެޓްގައި ހުރި އަގުދަށް ބޭސް ކާންދޭން އާސަންދައިން ނިންމާފައިވާތީ މިއީ ކަންބޮޑުވާ ކަމެއް ކަމަށާއި އެމްއާރްޕީގެ އުސޫލަކީ 1980ވަނަ އަހަރުގައި ހެދުނު ގަވާއިދެއްގައިވާ ކަމެއް ކަމަށެވެ.

މި ގަވާއިދަށް ދާދިފަހުން ގެނެވުނު ބަދަލާއެކު އާސަންދައިން ދެން ލިބޭނީ މާކެޓްގައި ހުރި އެންމެ އަގުދަށް ބޭސްކަމަށް ކަނޑައެޅުމަކީ ގޯހެއްގެ ގޮތުގައި އެ ޖަމުޢިއްޔާއިން ވަނީ ސިފަކޮށްފައެވެ. މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ކޮލިޓީ ރަނގަޅު ބޭސް އެތެރެކުރުން ހުއްޓި، ކޮލިޓީ ދަށް ބޭސް އެތެރެކުރުން އިތުރުވެގެން ދާނެކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޕީއެޗްޑީއޭގެ ރައީސް އަހުމަދު މައުމޫން ވިދާޅުވީ ގައުމުގެ ކޮންމެ ރައްޔިތަކުވެސް އާސަންދައަށް ބަރޯސާ ވާއިރު އަގުހެޔޮ ބޭސް ދޫކުރުމުގެ އުސޫލު ކަނޑައެޅުމަކީ ކޮލިޓީ ބޭސް އެތެރެކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

އެގޮތުން މާކެޓްގައި ކޮލިޓީ ދަށް ބޭސް މިހާރުވެސް ހުންނަ އިރު، މީގެ ސަބަބުން “ކޮލިޓީ ދަށް” ބޭސް އެތެރެކުރުމަށް އިތުރަށް ހިތްވަރު ލިބިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ އެކި ގައުމުތަކުން އެތެރެކުރާ އެކި ކޮލިޓީގެ އެކި އަގުގެ ބޭސް މާކެޓްގައި ހުރި އިރު، އާސަންދަ އިން އެންމެ އަގުހެޔޮ ބޭސް ރައްޔިތުންނަށް ދިނުމަށް ހަމަޖެހިގެންދިއުމަކީ ވަރަށް ބޮޑު ގޯހެއްކަމަށެވެ. އަދި މިހެން ހަދައިފިނަމަ ރައްޔިތު މީހާއަށް އަގުހެޔޮ ބޭސް ބޭނުން ކުރުމަށް މަޖްބޫރުވެ، ރަނގަޅު ބޭސް ހޯދުމަށް ޖީބުން ބޮޑެތި ޚަރަދުތަކެއް ކުރުމަށް މަޖްބޫރުވެ، ފަސްޓް ކެޓަގަރީ ބޭސްތައް ގެންނަން ކުރަމުންދާ މަސައްކަތް ހުއްޓިގެން ދާނެކަމަށް ބެލެވޭކަމަށްވެސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top