ގައުމީ ޓީމަށް ފުރަގަސްދިނުމަކީ ހެދުނު ގޯހެއް. މައާފަށް އެދެން- ސެންޓޭ

saff-suzuki-cup-final-maldives-vs-insia-31-1024x683-800x534-800x534.jpg

ގައުމީ ޓީމަށް ފުރަގަސް ދިނުމަކީ ހެދުނު ގޯހެއްކަމާއި އެކަމަށް މައާފަށް އެދި އަލުން ޓިމާ ގުޅެން ބޭނުން ކަމަށް އޭދަފުއްޓަށް އުފަން އަދި ކްލަބް އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) ބުނެފިއެވެ. ސެންޓޭ މިހެން ބުނެފައިވަނީ އޭނާގެ ރަސްމީ ފޭސް ބުކް ޕޭޖުގައި ރޭ އާއްމު ކުރި ބަޔާނެއްގައެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު ސެންޓޭ ނުދިއުމުން އެ މައްސަލް އެފްއޭއެމް އިން  ބެލުމަށް ފަހު ވަނީ 50،000ރ އިން ޖޫރިމަނާކޮށްފަ އެވެ. ސެންޓޭގެ އިތުރުން އެ ފަހަރު ގައުމީ ޓީމާ އެކު ނުދިޔަ އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ވެސް ޖުރުމަނާ ކުރި އެވެ.

ޖުރުމަނާ ފައިސާ ދެއްކީ ކްލަބް އީގަލްސް އިންނެވެ.

“ކުރެވުނު ކަންތައް ރަނގަޅެއް ނޫން. އެކަމަށް ޒިންމާ ނަގަން. އެކަމަށްޓަކައި ޓީމާއި ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އަދި އާންމު އެންމެންގެ ކިބައިން މައާފަށް އެދެން. އުއްމީދަކީ އެންމެން އަހަންނަށް މައާފް ދިނުން. ގައުމީ ޓީމުން ފުރުސަތު ދީފިނަމަ ތައްޔާރަށް އެބަ ހުރިން،” ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ސެންޓޭ ލިޔެފައިވެ އެވެ.

ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ކެޕްޓަނަކީ އުމުރުން 31 އަހަރުގެ ސެންޓޭ އެވެ. އޭނާ އަކީ މި ވަގުުތު ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ސިނިއާ ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރު ގައުމީ ޓީމުން ސާފް ސުުޒުކީ ކަޕްގެ ތަށި އުފުލާލި ފައިނަލުގައި ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އަށް އަނިޔާވުމުން ފައިނަލުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސެންޓޭ ވަނީ އެ މެޗުގައި ލަނޑުވެސް ޖަހައިފަ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމުތަކުގައި ހިމެނުމުން ދާން ދެކޮޅު ހަދާފައިވާ ކުޅުންތެރިންނަށް  އެކި އަދަބުދީފައިވެ އެވެ. ބައެއް ގައުމުތަކުގައި ޖޫރިމަނާ ކުރުމަށް ފަހު ވަކި މުއްދަތަކަށް ޓީމުން ބާކީ ވެސް ކުރެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top