ހިތާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް!

unnamed.jpg

ބ.ހިތާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ބ.އަތޮޅު ހޮސްޕިޓަލުން ވަނީ ޔަގީން ކޮށްދީފައެވެ.

ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ މާލެއިން ހިތާދުއަށް އައިސްހުރި 35 އަހަރުގެ އެމީހާ ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން ރޭ އަލުން ޓެސްޓް ހެދުމުން ޕޮޒިޓިވް ވި ކަމަށެވެ.

“އެމީހާ ކަރަންޓީނުގެ މުއްދަތު ހަމަވެގެން ޓެސްޓް ހެދީ. ނަތީޖާ ލިބުނު އިރު ޕޮޒިޓިވް. ” ރަޝީދު ވިދާޅުވިއެވެ.

މި މަހުގެ 18ވަނަ ދުވަހު ބ.ތުޅާދޫގައި ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.  އެހެންނަމަވެސް އޭނާ ޕޮޒިޓިވް ވިކަން އެނގުނީ 10ދުވަސް ކަރަންޓީނުގައި ހުރުމަށްފަހު ހާޓްއެޓޭކެއް ޖެހި ކުއްލިއަކަށް ނިޔާވުމުން ކޮވިޑަށް ޓެސްޓު ކުރުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top