އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީން ކޮވިޑަށް ޕޮޒިޓިވް.

EYD-AERIAL-1.jpg

އޭދަފުށި އޭރިއަލް ފޮޓޯ / އީވީ ފޮޓޯ: ޔާނިއު

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މި ދެބިދޭސީން ޕޮޒިޓިވް ވި ކަން އެނގުނީ މި މަހު 8 ގައި އެމީހުން މާލެއިން އައިސް ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު އިއްޔެ ހެދި ޓެސްޓްގެ ނަތީޖާއިންނެވެ.

މައުލުމާތު ލިބޭ ގޮތުގައި ބަންގްލަދޭޝްގެ މި ދެމީހުން އޭދަފުއްޓަށް ގެނެސްފައިވަނީ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރާށެވެ.

އޭދަފުށީގައި މިވަގުތު 15 ވަރަކަށް މީހުން ހޯމް ކަރަންޓީނުގައިއެބަތިއްބެވެ.

މި ނަތީޖާ އާއެކު މިހާހިސާބަށް ބ.އަތޮޅުން ކޮވިޑް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4 އަށް އެރީއެވެ.

މާލެއިން ރަށްރަށަށް ދާ މީހުންނަށް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހެއެވެ. ގެއިން ބޭރަށް އާއްމުންގެ ތެރެއަށް ނުކުމެވެނީ ކޮވިޑް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

މީގެ ކުރިންވެސް އެކި ރަށްރަށުގައި ހޯމް ކަރަންޓީނު ގައި ތިބޭ މީހުން 14 ދުވަސް ފުރިހަމަކުރުމަށްފަހު ފުރިހަމަކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުތަކުގެ ނަތީޖާ ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން ބ.އަތޮޅުގެ ދެރަށެއްގައި ހޯމް ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ހެދި ޓެސްޓުން ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3103 އަށް އަރާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top