ކުޑަކުދިން ކުރާ ކުށްތަކަށް މަރުގެ އަދަބު ދިނުން މަނާކުރުމަށް ގާނޫނަށް އިސްލާހު ހުށައަޅައިފި

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

އުމުރުން 18 އަހަރު ނުފުރޭ ކުދަކުދިން ކުރާ ކުށްތަކަށް މަރުގެ އަދަބުދިނުން ހުއްޓުވަން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 74 ވަނަ މާއްދާއަށް އިތުރު ކުރާ ފުރަތަމަ އަކުރުގައި ބުނަނީ ކުޑަކުދިންގެ މައްޗަށް ހިންގޭ ސަރިޔަތް ތަކުގައި ކުށް ސާބިތުވާ ހާލަތުގައި އަދަބު ކަނޑައަޅާނެ ގޮތް، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށެވެ.

ދެވަނަ އަކުރުގައި ބުނަނީ އުމުރުން 18 އަހަރު ވުމަށްފަހުގައިވެސް 18 އަހަރު ފުރުމުގެ ކުރިން، ކުއްޖަކު ކޮށްފައިވާ ކަމަކަށް ޝަރީޢަތަށް ސާބިތުވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށެވެ. ތިން ވަނަ އަކުރުގައި ބުނަނީ އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް، ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިންބަޔަށްވުރެ ބޮޑު ނޫން އަދަބަކަށް ބަދަލުކުރަންވާނެއެވެ.

އެހެންވީމާ އުމުރު ދުވަހަށް ޖަލަށްލުމުގެ ޙުކުމް ކަމަށްވާ 25 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ވެސް ކުޑަކުއްޖަކަށް ނާންނާނެއެވެ. ކުޑަކުއްޖެއްގެ މައްޗަށް އަންނާނީ 18 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރަމުން ނުގެންދިޔަ ނަމަވެސް ހުކުމް ތަންފީޒު ކުރުމަށް މިހާރު ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯވެއެވެ. ނަމަވެސް މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ މީގެ ކުރިން ބައިނަލްއަގްވާމީ ބައްދަލުވުން ތަކުގައި ހާމަކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top