މާޒީ ފަހައި ދުވުމުގެ ބަދަލުގައި ގައުމު އެއްބައިވަންތަކޮށް އަމާޒު ހިފުން ކީއްތޯ؟: ޑރ.ޝަހީމް

119978387_759827548199616_3742561817913643762_n.jpg

ޑރ.ޝަހީމް --ފޮޓޯ :ޕީޕީއެމް މީޑިއާ

މާޒީ ފަހައި ދުވުމުގެ ބަދަލުގައި ގައުމު އެއްބައިވަންތަކޮށް އަމާޒު ހިފުން ކީއްތޯއޭ ވިދާޅުވެ ޑރ. ޝަހީމް ސުވާލު އުފައްދަވައިފި އެވެ.

ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމްކުރި، 1953 ވަނަ އަހަރުގެ ތާރީޚުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ އަމަލުތައް ބެލޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދު ފާސްކުރުމާ ގުޅިގެން އެކަމަށް އިޝާރަތްކުރައްވައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު ތަރައްގީ ކުރެވޭނީ މާޒީގެ ދަންތުރަ އިން ނެއްްޓިގެން ކަމަށެވެ.

އަދި 1953 ވަނަ އަހަރުގެ މީހުން ދުނިޔޭގައި ނެތްއިރު މާޒީ ފަހައި ދުވުމުގެ ބަދަލުގައި ގައުމު އެއްބައިވަންތަކޮށް އަމާޒު ހިފުން ކީއްތޯއޭ ވިދާޅުވެ ޑރ. ޝަހީމް ވަނީ ސުވާލު އުފައްދަވާފަ އެވެ.

ސަރުކާރުން މަޖިލީހަށް ހުށައެޅި ބިލްގައި ބުނެފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށައަޅާ ބިލެއް ކަމަށެވެ.

އެހެން ނަމަވެސް ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހު ފާސްކޮށްފައިވަނީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top