ގޮއިދޫ ސިއްހީ މަރުކަޒުގައި ކޮވިޑް ޓެސްޓް ހެދޭކަށް ނެތް. ރައްޔިތުން ރަތަށް!

DSCN4233.jpg

ބ.ގޮއިދޫ

ބ.ގޮއިދުގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުން އިތުރުވަމުން ދިއުމާއެކު އެރަށުގެ ސިއްހީ މަރުމަޒުގައި ކޮވިޑް ޓެސްޓް ހެދުމަށް ބޭނުންވާ ކިޓް ނެތިގެން ރައްޔިތުން ރަތަށް އަރައިފިއެވެ.

ބައެއް މީޑިއާތަކަސް މައުލުމާތު ދެއްވަމުން ގޮއިދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަހްމަދު ފަޒީލް ވިދާޅުވީ 800 މީހުންގެ އާބާދީއެއް އޮތް ގޮއިދޫގައި ކޮވިޑް ފެތުރެމުން އެބަ ދާ ކަމަށާއި މިއަދުވެސް 10 ވަރަކަށް މީހުން އެރަށުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ޓެސްޓް ކިޓް ނެތުމުން މިއަދު ޓެސްޓް ހެދުން ހުއްޓާލާފައިވާ ކަމަށް އޭނާވިދާޅުވިއެވެ.

ގޮއިދޫ ކައުންސިލުން ބުނީ ބ. އަތޮޅުގައިވެސް ޓެސްޓް ކިޓް ނެތް ކަމަށާއި، ދެދުވަހެއްގެ ތެރޭގައި  ލިބޭނެކަމަށް އިދާރާތަކުން ބުނެފައިވާ ކަމަށެވެ.

ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކާތެރިކަމާ ރާއްޖެ ކުރިމަތިލާފައިވާ އިރު މިހާރު ކޮންމެ ދުވަހަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު އުޅެނީ ދެހާހުން މަތީގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top