ގުރައިދޫ ކައުންސިލުން އެރަށު ސްކޫލްގެ ހުރިހާ ކްލާސްރޫމް އޭސީ ކޮށްދީފި

400639224_358993879853171_414994300088903429_n.jpg

ކ.ގުރައިދޫ ސްކޫލް ---ފޮޓޯ: ގުރައިދޫ ކައުންސިލް

ކ.ގުރައިދޫ ކައުންސިލުން އެރަށު ސްކޫލްގެ ހުރިހާ ކްލާސްރޫމް އޭސީ ކޮށްދީފި އެވެ.

ގުރައިދޫ ކައުންސިލުން ބުނީ ސްކޫލްގެ 14 ކްލާސް ރޫމް އޭސީ ކޮށް ފިނިކޮށް ދިން އިރު، މީގެ ކުރިން އެ ސްކޫލްގެ އުމްރާނީ ފެންވަރު ރަނގަޅުކޮށް ދޭން ކައުންސިލްގެ ޚަރަދުގައި ސްކޫލްގައި ބޮޑެތި މަރާމާތުތަކެއް ވެސް ކޮށްދީފައިވާނެ ކަމުގައެވެ.

ގުރައިދޫ ކައުންސިލުން ރަށުގެ ސްކޫލްގެ ހާލަތު ރަނގަޅުކުރަން ކޮށްދެމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސްކޫލުގައި ކުލަ ލައި، އެތަނުގެ ވޯކް ވޭ ގައި، ހޫނުން ރައްކާތެރިކަން ހޯދުމަށް ދާ ވެސް ވަނީ ދަމާފައިވެއެވެ. މި މަސައްކަތްތަކަށް ކައުންސިލްގެ ބަޖެޓުން 400،000ރ. ހޭދަކޮށްފައިވެ އެވެ.

ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ގުރައިދޫ ސްކޫލްގައި 400 އެއްހާ ދަރިވަރުން ކިޔަވަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top