ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ

big_Z5ogoidxelYMKforjdVeGZzdl.jpg

މުންތަޚަބް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ އިފުތިތާހު ކުރަން ނިންމައިފި އެވެ.

މި ރަސްމިއްޔާތު އޮންނާނީ މިރޭ 8:30 ގައި ދަރުބާރުގޭގައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޑރ. މުއިއްޒު ދެއްކެވި ވާހަކަތައް ހިމެނޭ ފޮތެއްވެސް މިރޭ ނެރުމަށް ހަމަޖެހިފައިވެ އެވެ.

މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެ ރަސްމިއްޔާތު އޮންނާނީ އެ ދުވަހުގެ ހަވީރު 4:00 ގައި ޖުމްހޫރީ މައިދާނުގަ އެވެ.

ވަޒީރުން އައްޔަން ކުރެއްވުމަށްވެސް ހުކުރު ދުވަހު ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top