ފެނަކަ އެމްޑީ. މަގާމުން އިސްތިއުފާ ދެއްވައިފި

366144_3_2591f5a77258f10424304f5bb9251dfaa41a1386.jpg

ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑީ.ސައީދު،  ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ މިއަދުން ފެށިގެން އިތުރަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަން ބޭނުންފުޅު ނުވާ ކަމަށެވެ.

އެމްޑީ ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް ސިޓީއެއް ފޮނުވާފައެވެ.

ސިޓީގައި އެމްޑީ ވިދާޅުވީ، ފާއިތުވެ ދިޔަ އަހަރު ތަކުގައި ދިމާވި ގިނަ ގޮންޖެހުންތަކާ އެކު ޚާއްސަކޮށް ކޮވިޑްގެ ބޮޑު ވަބާގައި ކުންފުނީގެ މުވައްޒަފުން ދައްކާފައިވަނީ ވަރަށް މުރާލި އަގު ނުކުރޭވޭފަދަ ޚިދުމަތްތަކެއް ކަމީ ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ.

އެމްޑީ ވަނީ، ރައްޔިތުންނަށް ދެވޭ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކުންފުނީގެ މުއައްޒަފުން އަބަދުވެސް ދެމިތިބުމަށް އެދިފައެވެ.

މީގެ އިތުރުން އެމްޑީ ވަނީ ފެނަކައަށް ކުރިއެރުމާއި ފާގަތި ދުވަސްތައް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top