ބޮލުގައި ރިއްސާތަ؟

headache.jpg

ބޮލުގައި ރިއްސުމަކީ އަހަރެމެން އެެންމެންގެ އާއްމު އެއް ބައްޔެވެ. އާއްމުކޮށް ބޮލުގައި ރިއްސަން މެދުވެރިވަނީ ދިރިއުޅުމުގެ އާދަކާދަތަކާއި ކެއިންބުއިން ގެންގުޅޭ ގޮތުން ކަމަށް ދިރާސާކުރާ ޑޮކްޓަރުން އެއްބަސްވެ އެވެ. އެކަމަކު ފިރިހެނުންނަށް ވުރެ އަންހެނުން މިކަމުގައި އިތުރުކަމަށް ރިޕޯޓުތަކުން ދައްކައެވެ.

އަހަރެމެންނަށް އާދަވެފައި އޮންނަނީ ބޮލުގައި ރިއްސަން ފަށާއިރަށް ޕެނަޑޯލް ގުޅައެއް ނުވަތަ އެނޫންވެސް ބޭހެއް ބޭނުން ކޮށްގެން ވަގުތީ ގޮތުން ތަދު ކަނޑުވާލުމެވެ. މިއީ ގޯހެކެވެ. ނުބައި އާދައެކެވެ.އެހެން ބައްޔަކަށް ދެވޭ ފުރުސަތަކަށްވެސް ވެދާނެއެވެ. ޑޮކްޓަރީ ބޭހަކީ އެންމެ ފަހު ގޮތެވެ. އެއަށްވުރެ ކުރިން ބަލަންވާނީ ބޮލުގައި ރިއްސަން މެދުވެރިވި ސަބަބާ އެކަމުގެ ހައްލު ހޯދޭނެ ގޮތެވެ.

މިދަންނަވާ ކަންތަކާމެދު ފަރުވާތެރިކަމާއެކު ވިސްނާލާށެވެ. އެއަށްފަހު ފަރުވާއަށް ސަމާލުވާށެވެ.

ކެއުމުގައި މި ބޭނުން ކުރެވެނީ ކޮންކަހަލަ އެއްޗެއްކަން އަބަދުވެސް އެއެއްޗެއް ކެއުމުގެ ކުރިން ވިސްނާލާށެވެ. ހަކުރުގެ މިންވަރު ގިނަ އެއްޗެއްކަމުގައި ވާނަމަ ނުވަތަ ދަޅުގައި ބަންދުކޮށްފައި ހުންނަ މޭވާ ފަދަ އެއްޗެއް ބޭނުންކުރާނަމަ ލޭގައި އެކުލެވިފައި ހުންނަ ހަކުރުގެ މިންވަރު މައްޗަށް ދާނެއެވެ. މިއީ ބޮލުގައި ރިއްސުމަށް މެދުވެރިވާނެ ސަބަބެކެވެ.

ހަނދާން ކުރާށެވެ. ފޮނި އެއްޗެތި ކެއުމަކީ ދޫނުކުރެވޭ އާދައެއް ކަމުގައިވާނަމަ ބޮލުގައި ރިއްސާނެ އެވެ. ހަމަ އެގޮތަށް ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވުމުންވެސް ބޮލުގައި ރިއްސަން މެދުވެރިވެއެވެ. ވީމާ މިކަމުގެ ހައްލަކީ ދަޅުގައި ބަންދުކޮށްފައި ހުންނަ ކާއެއްޗިއްސާއި ދުރުވުމެވެ. ބެލެންސް ޑައިޓެއް ގެންގުޅުމާއެކު ހަކުރު އެކުލެވޭ ކާނާ މަދުކުރުމެވެ. ފޮނި އެއްޗެތި ކާހިތްވާނަމަ ތާޒާ މޭވާ އާއި ތަރުކާރީ ފަދަ ގުދުރަތީ ކާނާ ބޭނުންކުރުމެވެ. އޭރުން ނުފިލާ ހުންނަ ބޮލުގައި ރިއްސުމާއި އިތުރު އެހެން ބަލި ތަކުންވެސް ރައްކާތެރި ވެވުނީއެވެ.

ހަށިގަނޑު ބޭނުންވާވަރަށް ފެން ނުލިބުމުން ބޮލުގައި ރިއްސާނެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ އެހެނިހެން ގުނަވަން ތަކަށްވެސް ބޮޑެތި ގެއްލުން ލިބޭނެކަން ހަނދާން ކުރާށެވެ. އެހެންވީމާ މަދުވެގެން ދުވާލަކު 8 ތަށި ފެން ބޯން ޖެހެއެވެ.

ބޮލުގައި ރިއްސަން ފެށުމުން ފެން ބޯން ފަށާށެވެ. އިރުކޮޅެއްގެ ތެރޭގައި ލުއިވެގެންދާނެއެވެ. މި ހާލަތުގައި ފެންބޯއިރު އެއްފަހަރާ ގިނަ ފެން ބޯކަށް ނުވާނެއެވެ. ފެން ކޯވަރަކުން ފެން ކޯވަރަކުން ބޮމުން ގެންދާށެވެ.

ބޮލުގައި ރިއްސަން ފެށުމުން ތާޒާ ވައި ލިބޭ ހިސާބަކަށް ގޮސް ވައިން ތާޒާ ވެލާށެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ލިބޭ އޮކްސިޖަންގެ މިންވަރު އިތުރުވެގެން ދިއުމާއެކުބޮލުގައި ރިއްސުން ރަނގަޅުވާނެއެވެ.

ފުރިހަމަ ނިދި ނުލިބުމަކީ ބޮލުގައި ރިއްސަން މެދުވެރިވާ ކަމެކެވެ. ނިދާ ހޭލާއިރު ބޮލަށް ބަރު ވުމާއެކު ލޮލުގައި ރިއްސާ ގޮތް ވަނީ ބޭނުން ވާ ވަރަށް ނިދި ނުލިބޭތީއެވެ. އެހެންވީމާ ނިދަން އާދަވެފައި އޮންނަ ގަޑީގައި ނިދުމަށް ސަމާލު ކަން ދިނުމަކީ ވަރަށް ބޭނުން ތެރިކަމެކެވެ. އެހެނީ ނިދާ ގަޑި ބަދަލުވުމަކީ ވަރަށް ގިނަ ފަހަރު ހަމަ ނިދި ނުލިބޭ ކަމެކެވެ. އެެހެންވީމާ ކޮންމެ ރެއަކުވެސް ރަނގަޅަށް ނިދުމަކީ ބޮލުގައި ރިއްސާ މީހުން ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.

ހާސްވެ ކަންބޮޑުވުމަކީވެސް  ބޮލުގައި ރިއްސަން މެދުވެރި ވެދާނެކަމެކެވެ. ކަސްރަތުކުރުމާއި ފުންކޮށް ނޭވާލުމުން ހާސްކަން ކުޑަވެ ހަށިގަނޑުގައި އޮކްސިޖަން ދައުރުކުރާވަރު އިތުރުވެއެވެ. ވީމާ ކަސްރަތު ކުރުމަކީވެސް އަރާމުކޮށް ނިދާލުމަށް ބޭނުންވާ މީހުންނަށް ދޭން އޮތް އުފާވެރި މެސެޖެކެވެ.  (މަސްދަރު :ހެލްތް ޑައިޖެސްޓް)

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top