ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2019 ފަށަނީ

IMG-d04ffe11c52dc9a032942875072e68fe-V-800x600-800x600.jpg

ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2018 ގައި ބައިވެރިވި ޓީމެއް

ބ.ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް “ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2019” އަންނަ ސެޕްޓެމްބަރުމަހުގެ 2 ވަނަ ދުވަހު ފަށާގޮތަށް ގޮއިދޫ ކައުންސިލުން ނިންމައިފިއެވެ.

މިކަމާ ބެހޭ ގޮތުން ގޮއިދޫ ކައުންސިލްގެ ފަރާތުން މިހާރުވަނި އާއްމު އިއުލާނެއްވެސް ނެރެފައެވެ.

ގުދުރަތީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި އޮންނަ ގޮއިފުޅަފެހެންދޫ އަށް ނިސްބަތްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ވެސް މި ތިން ރަށަށް ހުޅުވާލައިގެން ގޮއިދޫގައެވެ.

މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރަން ބޭނުންވާ ފަރާތްތަކުން އަންނަ އޮގަސްޓް މަހުގެ 5ވަނަ ދުވަހުގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު ގޮއިދޫ ކައުންސިލަށް ހުށައެޅުއްވަން ޖެހެއެވެ. މި ފޯމް އާއި މުބާރާތުގެ ހިންގާ ގަވާއިދު ގޮއިދޫ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.

މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ ގޮއިދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ޝިޔާން 7913144 ،އަދި މުނިސިޕަލް ސާވިސް އޮފިސަރ އަހުމަދު ނިޔާޒް 7991054 އާ ގުޅުއްވުމުން ސާފުވާނެ ކަމަށްވެސް ގޮއިދޫ ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top