ޓެކްސީ ތަކުގައި އެތެރެ ފެންނަ ބިއްލޫރިޖަހަން އަންގައިފި

medium_14749.jpg

ޓެކްސީކުރާ އުޅަނދުތަކުގައި އެތެރެ ފެންނަ ބިއްލޫރި ޖަހަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އަންގައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ޓެކްސީ ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެކްސީކުރާ އުޅަނދުގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް އެ އުޅަނދު ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަގޮތަށް ކަމަށެވެ.

އެކަމަކު ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ޓެކްސީ ކުރާ ގިނަ އުޅަނދުގެ ދޮރުފަތުގެ ބިއްލޫރި ނުހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެހެންކަމުން މާދަމާ އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ޓެކްސީކުރާ އުޅަނދުގެ ހަތަރު ދޮރުފަތާއި ވިންޑްސްކްރީނުގެ ބިއްލޫރި އެތެރެ ފެންނަ ސާފު ބިއްލޫރިއަށް ބަދަލު ކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top