ކެންދޫންވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

DSCN5338-849x637-800x512-800x512.jpg

ކެންދޫ

ބ.ކެންދޫންވެސް ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިއްޖެއެެވެ.

މި ޚަބަރު ޔަގީން ކޮށްދެއްވަމުން ކެންދޫ ހެލްތު ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި ޒުމައިރު މުސްތަފާ ވިދާޅުވީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހުންގެ ކަރަންޓީނު މުއްދަތު ހަމަވެގެން އިއްޔެ ނެގި ސާމްޕަލް ތެރެއިން އެކަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

“އެއީ31 އަހަރުގެ ޒުވާނެއް. އޭނާގެ ހާލު ރަނގަޅު” ޒުމައިރު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ އަނަންތަރާ ކިހަވައް ރިސޯޓުން ކެންދުއަށް އައިސް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަމުން އައި އެރަށުން ބޭރު މީހެކެވެ.

ކެންދޫގެ އިތުރުން ބ. ކުޑަރިކިލާއި އޭދަފުށީ ކޮވިޑް ފެސިލިޓީގައިވެސް ކޮވިޑްގެ ބަލި މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top