ރާއްޖޭގެ 7 ހޮސްޕިޓަލެއްގައި މާދަމާ ކޮވިޑްވެކްސިން ދޭން ފަށާނެ

b_GWAmqyvr2SE8VL5iaVp4c3qLe.jpg

ރާއްޖެއަށް ބޭނުންވާ ކޮވިޑު ވެކްސިންގެ އެއްލައްކަ ޑޯސް ގެނައުން --- ވަން ފޮޓޯ: އައުޒަމް

ރާއްޖޭގެ ހަތް ހޮސްޕިޓަލެއްގައި މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެކަމަށް ސަރުކާރުން އިއުލާނު ކޮށްފިއެވެ.

އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންޑިއާއިން ދިން ވެކްސިން މާދަމާ ދޭން ފަށާއިރު ވެކްސިން ދިނުމަށް ފުރަތަމަ ހަމަޖެހިފައި ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، އަދި ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިތުރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައެވެ.

މި ވެކްސިން ފުރަތަމަ ޖަހާނީ ސިއްހީ ހިދުމަތްތެރިންގެ ގަޔަށެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ އިން އުފައްދާ “ކޮވިޝީލްޑް” ވެކްސިންގެ އެއް ލައްކަ ޑޯސް އިންޑިއާ އިން ރާއްޖެ ގެނައީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން ޝިޕްމަންޓެކެވެ.

އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި ވެކްސިން ޖަހަމުން ގެންދާނީ ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ތަރުތީބާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި އުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށެވެ. އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންނަށް ކޮވިޑް ވެކްސިން ނުޖަހާނެއެވެ.

ކޮވިޝީލްޑްއަކީ އިންޓްރާ-މަސްކިއުލާ އިންޖެކްޝަންގެ ދެ ޑޯޒް ޖަހަން ޖެހޭ ވެކްސިންއެކެވެ. ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖެހުމުގެ 4-12 ހަފްތާ ފަހުންނެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުން، އަދި ގާތުން ކިރުދޭ މައިންނަށް މި ވެކްސިން ދިނުމުގެ ކުރިން ހާއްސަ ސިއްހީ ތަހުލީލުތަށް ކުރަންޖެހެއެވެ. ވެކްސިން ގުދަންކުރާ އިރު ފިނިހޫނުމިން ހުންނަންވާނީ ދޭއް އަދި އަށް ސެންޓިގްރޭޑްގެ ދެމެދުގައެވެ.

ވެކްސިން ޖެހުމަށް މިހާތަނަށް ރާއްޖޭގައި 20،000 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top