އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު ރެޑްވޭވް ރޯދަސޭލް ފަށައިފި

big_UBYXFU4EwQxM2WHpmEyhoircR.jpg

ފޮޓޯ :ރެޑްވޭވް

ނަގުދު އެއްލައްކަ ރުފިޔާގެ ފައިސާ އާއި ބޮޑެތި އިނާމުތަކާ އެކު މިއަހަރުގެ ރެޑްވޭވް ރޯދަ ސޭލް މިއަދު ފަށައިފިއެވެ.

ރެޑްވޭވް އިން ބުނީ ރޯދަ މަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މިބޮޑު ސޭލް، މިއަދުން ފެށިގެން ރޯދައިގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ސޭލްގައި ބައިވެރިވުމުގެ ގޮތުން ރެޑްވޭވް އިން ވިޔަފާރި ކޮށްގެން އެއްވަނަ އަށް ހޮވޭ މީހަކަށް 100،000ރ. ގެ ފައިސާގެ އިނާމު ކަނޑައެޅިފައިވާއިރު މީގެ އިތުރުން ވެސް ނަސީބުވެރި ފަސް ފަރާތަކަށް 10،000ރ. ގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށް ރެޑްވޭވް އިން ބުންޏެވެ.

ހަމަމިއާއެކު ސޯފާ ސެޓާއި އިލެކްޓްރޯނިކްސްގެ އިތުރުން އަގުހުރި އެތައް އިނާމްތަކެއް ހިމެނޭ ގޮތަށް އިތުރު ވިހި މީހަކުވެސް ގުރުއަތުން ހޮވިގެންދާނެ އެވެ.

ރެޑްވޭވް އިން ބުނީ ކޮންމެ 500ރ. އަކަށް ކޫޕަނެއް ލިބޭ ރޯދަ ސޭލް ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާނެ ކަމަށެވެ.

ރޯދަ ސޭލްގެ ތެރެއިން ގެދޮރަށް ބޭނުންވާ ވަރަށް ގިނަ ސާމާނާއެކު ރެޑްވޭވްގެ އެންމެ ބޮޑު ޝޯރޫމް ވެސް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި ފިހާރަ ވާނީ އިލެކްޓްރޯނިކް، ފަރުނީޗަރު، ބަދިގެ ސާމާނު އަދި ގޭތެރޭގައ ގެންގުޅޭ ގިނަ ބާވަތްތަކެއްވެސް ލިބޭނެ ފިހާރައެއް ކަމަށް ވެސް ރެޑްވޭވް އިން ބުންޏެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ރޯދަ ސޭލްއަށް ތަފާތު އެކި ބާވަތްތަކުގެ މުދާ ރެޑްވޭވް އިން ވަނީ ތައާރަފް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top