ފައިޒާ ވެކްސިން ރާއްޖެ ގެންނަނީ

thumbs_b_c_04bda0229eba56aa76670cf105021b6c.jpg

ފައިޒާ ވެކްސިން ރާއްޖެ ގެނައުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖެއަށް އިތުރު ބާވަތްތަކުގެ ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ފައިޒާ ވެކްސިން ވެސް ހިމެނޭ ކަމަށެވެ.

ފައިޒާ ވެކްސިން އަކީ ދުނިޔޭގެ ގައުމުތަކުގައި ދެމުން އަންނަ އެންމެ ކާމިޔާބު ވެކްސިންއެވެ. އެގޮތުން އެމެރިކާގައިވެސް ދެމުން އަންނަނީ މި ވެކްސިންއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު ސަރުކާރު ހިންގާ ތިންބާރުގެ އެންމެ އިސް ވެރިން ވަނީ މިއަދުގެ ވަގުތެއްގައި ވެކްސިން ޖައްސަވައިފައެވެ.

ރާއްޖެއަށް މިހާތަނަށް ގެނެސްފައިވާ ހަމައެކަނި ވެކްސިނަކީ އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ އޮކްފޯޑާއި އެސްޓްރެޒެނިކާގެ ދިރާސާގެ މައްޗަށް އުފައްދާފައިވާ ވެކްސިނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top