ބ އަތޮޅުން އިތުރު ހަތަރު ސަރަހައްދެއް ހިމާޔަތްކޮށްފި

photo_2023-10-10_16-25-20-qdnkswpout6xyyyeoqycxkxtcw4rxihozjd48usy38.jpg

ހިމާޔަތް ކުރުމަށް މިއަދު ކަނޑައެޅި ބ. ދަރަވަންދޫ ތިލައިގެ މަންޒަރެއް، ފޮޓޯ: އޯސަން ޑައިމެންޝަން

ބ. އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ އިތުރު ހަތަރު ތަނެއް ހިމާޔަތްކޮށްފައިވާ ސަރަހައްދު ތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސް އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކުގައެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެންވަޔަރަމެންޓް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، ގާނޫނު ނަންބަރު 93/4 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު) ގެ ދަށުން ބ.އަތޮޅުގެ އިތުރުން ވ. އަތޮޅުން ޖުމްލަ 12 ސަރަހައްދެއް ހިމާޔަތް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ބ.އަތޮޅުން އަލަށް ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ގޮތުގައި ހިމެނެނީ ބ. ދަރަވަންދޫ ތިލަ ސަރަހައްދާއި ބ.ހުރާ ފަރު ސަރަހައްދާއި ބ.ނެލިވަރު ސަރަހައްދާއި ބ. އިންނަ ފުއްޓެވެ.

އިންނަފުއްޓަކީ ތުޅާދޫގެ އިރުއުތުރަށް އޮންނަ ފަޅު ރަށެކެވެ. މިއީ ފިނޮޅަކާއި ވަށައިގެން ކަނޑު އޮންނަ ރަށެކެވެ. މިރަށަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނި އާލާވުމަށް ބޭނުންކުރަމުންދާ ރަށެކެވެ. އަދި މި ސަރަހައްދުގައި އޮންނަ ފިނޮޅުތަކަކީ އައިންމަތީ ދޫނި އަރާމުކޮށްލުމަށާއި ބިސް އެޅުމަށްވެސް ބޭނުންކުރާ ތަނެކެވެ. މިރަށުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި މުރަކައިގެ ގިނަ ބާވަތްތަކެއް އުފެދިފައިވެ އެވެ.
ދަރަވަންދު ތިލަ އަކީ ދަރަވަންދޫގެ ހުޅަނގު ފަރާތުގައި އޮންނަ މުރަކައާއި ފަރުމަހުގެ ދިރުންތައް ފެންނަ ތަނެކެވެ. މިއީ ޑައިވަރުންގެ މަޝްހޫރު ތިލައެކެވެ. މިތަނުގައި އެންމަޑި ސާފުކުރަން ބޭނުންކުރާ “ކްލީނިން ސްޓޭޝަން” އެއް ހުރެ އެވެ. މިތަނުން 2020 ވަނަ އަހަރުގެ ނިޔަލަށް 521 އެންމަޑި 1672 ފަހަރު ފެނިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ބުނީ ބ.އަތޮޅުން ހިމާޔަތްކޮށްފައިވާ ހަތަރު ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ސަރަހައްދުތަކެއް ކަމަށެވެ. އަދި، ދިރޭ ތަކެތިން ރީތި، ގުދުރަތީ ރީތި މަންޒަރުތައް ފެންނަ ސަރަހައްދެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

އެ ޕްލޭންގައިވާ ގޮތުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ 10 ޕަސެންޓު ސަރަހައްދާއި، ކުޅިއާއި ފަލާއި ، ޗަސްބިމުގެ 20 ޕަސެންޓް ހިމާޔަތްކުރަން ޖެހެއެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފިނޮޅާއި، އެއް ފަރުގެ އިތުރުން ކަނޑޫފާ ޗަސްބިން ޙިމާޔަތްކުރަން ޖެހެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top