ކުޑަރިކިލަށް އުދަ އަރައި ބޮޑު ސަރަހައްދެއް ގިރާލައިފި

large_158141118915eISM.jpg

ބ.ކުޑަރިކިލަށް އުދަ އަރައި ރަށުގެ އިރު އުތުރުފަރާތުން ބޮޑު ސަރަހައްދެއް ގިރާާލައިފިއެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހައްނާން އައްބާސް މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ އެ ރަށް ގިރުމުގެ މައްސަލަ ދިމާވެ، ރަށުގެ 50 ފޫޓުވަރުގެ ބޮޑު ސަރަހައްދެއް ގިރާފައިވާ ކަމަށެވެ. އަދި އެކަން އެންވަޔަރަމަންޓް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނޭ ކަމަށް ހަންނާން ވިދާޅުވިއެވެ.

އުދަ އަރާ ވަގުތު ތަކުގައި މީހުން ދިރިއުޅޭ ގެތަކަށް އަސަރުކުރަމުންދާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ގިރަމުންދާ ސަރަހައްދާ މީހުން ދިރިއުޅޭ ސަރަހައްދާ ދެމެދުގައި މިހާރު ހުރީ ގާތްގަނޑަކަށް 70 ފޫޓު ކަމަށެވެ.

ކުޑަރިކިލު ރައްޔިތުން މިހާރު ދަނީ ރަށު ފެންވަރުގައި ކުރެވެން ހުރި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ވެލި ބަސްތާތައް ވަނީ ޖަހައިފަ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށް މިހާރުއާދަޔާ ޚިލާފަށް ގިރަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބ.އަތޮޅުން ކުޑަރިކިލާއެކު ކެންދޫއާއި ދަރަވަންދޫއަކީވެސް އާދަޔާ ޚިލާފަށް ގޮތަމުން އަންނަ ތިން ރަށެވެ.

މިއީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް މިކަމުގެ މާހިރުން ބުނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top