މޮޑާނާ ވެކްސިންގެ ރައްކާތެރިކަން 95 ޕަސެންޓު ކަށަވަރުކޮށްފި

covid-vaccine-featured-1080x675.jpg

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި މޮޑާނާއިން އުފައްދާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ޓެސްޓުތަކުގެ ޑޭޓާ ދައްކާގޮތުން ވެކްސިންގެ ރައްކާތެރިކަން 95 ޕަސެންޓާ ހަމައަށް ލިބިގެންދާ ކަމަށް ބައެއް ޓެސްޓުތަކުގެ ނަތީޖާތަކުން ދައްކައިފި އެވެ.

މޮޑާނާއިން އުފައްދާ ވެކްދިންގެ ރައްކާތެރިކަމުގެ ވާހަކަ ދައްކާފައި މިވަނީ ފާމަސޫޓިކަލް ކުންފުނި ފައިޒާއިން އުފެއްދި ވެކްސިންއިންވެސް ރައްކާތެރިކަންްކަށަވަރު ކުރެވިއްޖެ ކަމުގެ ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.  ފައިޒާއިން ބުނަނީ އެކުންފުނީގެ ވެކްސިން ޖެހި 90 ޕަސެންޓް މީހުންގެ ގައިން ކޮވިޑްއިން ދިފާއުކޮށްދީފައިވާ ކަމަށެވެ.

ފައިޒާ އާއި މޮޑާނާއިން ވެސް ވަނީ ކޮވިޑާ ދެކޮޅަށް ވެކްސިން އުފެއްދުމަށް އާއީޖާދުތަކާއި ތަހުލީލުތައް ކޮށްފައެވެ.

ވެކްސިންގެ ކާމިޔާބީ ފާހަގަ ކުރާއިރު މޮޑާނާއިން ބުނަނީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ވެކްސިން އަށް ހުއްދަ ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައެވެ.

މޮޑާނާ ވެކްސިންގެ ފަހުގެ ޓެސްޓުތަކުގައި އެމެރިކާއިން 30،000 މީހުން ބޭނުން ކޮށްފައިވެއެވެ.  މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ. އަނެއް ބައި މީހުންނަށް ވަނީ ޑަމީ ޝޮޓެއް ޖަހައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top