2022 އަންނައިރު މައިމީހާގެ ފައްޓަރުބައި ވެސް ތައްޔާރަށް ބާއްވާތި: މުންދު

Mundhu-750x375.jpg

ކޮވިޑްގެ ނުރައްކާ ކުޑަނުވެ މި ހާލަތުގައިވެސް ސަރުކާރުން ބަލަނީ ބަލި މީހުންނަށް ފަރުވާދޭން ހުރި ދަރުމަވަންތަ ހޮސްޕިޓަލު ވިއްކައިލުމަށް ކަމަށާއި، 2022 ވަނަ އަހަރަށް މައިމީހާގެ ފައްޓަރުބައިވެސް ތައްޔާރަށް ބޭއްވުމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް(މުންދު) ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ދަޢުލަތުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ގޮތުން 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަށް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރަން ނިންމުމުގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި މުންދު ވިދާޅުވީ ސަރުކާރުން ފައިސާ ހޯދަން ބޭނުންވުމުން، ވިއްކައިލާނެ ތަންތަން ހުރިތޯ ބެލިއިރު ފެނުނީ ދަރުމަވަންތަ ހޮސްޕިޓަލުކަމަށެވެ.

”ބޭކާރުވެގެން، ޚަރަދުބޮޑުވެގެން، ކޮރަޕްޓްވެގެން، ދޮރުތައް ކުޑަވެގެން، ކޮޓަރިތައް ބޮޑުވެގެން އުޅުނު ރައީސް ޔާމީން އެޅުއްވި ދަރުމަވަންތަ ހޮސްޕިޓަލް ބަޖެޓަށް ލާރިކޮޅެއް ބޭނުންވީމަ ވިއްކައިލަނީ، ލާރި ހޯދަން ސަރުކާރުގެ އެސެޓްތައް ބެލީމައި ފެނުނީ މިތަން، މަދުވެގެން 300 މިލިއަން ޑޮލަރަށް ތަނުގެ %51 އަގުކުރެވޭތާއެބަ، އޭގެ މާނައަކީ ތަނުގެ އަގު 600 މިލިއަނަށްވުރެ ބޮޑޭ، ނަޝީދު ބުންޏެއްނު އަސްލު އެ ތަނަކީ 200 މިލިއަނަށް އެޅޭނެ ތަނެކޭ، ބާކީ އެއީ ކޮރަޕްޝަންއޭ“(މުންދު)

މިކަންކަން ފާހަގަކުރެއްވުމަށްފަހު ކޮވިޑުގެ މި ހާލަތުގައި ވެސް ސަރުކާރުން ބަލަނީ ބަލި މީހުންނަށް ފަރުވާދޭންހުރި ދަރުމަވަންތަ ހޮސްޕިޓލު ވިއްކައިލުމަށް ކަމަށާއި, 2022 ވަނަ އަހަރަށް މައިމީހާގެ ފައްޓަރުބައިވެސް ތައްޔާރަށް ބޭއްވުމަށް ވިދާޅުވެފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރުމަށް ނިންމާފައިވާއިރު ކޮވިޑާއި އެކު ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސްފައިވާތީ ލޯނުތައް ނުނެގުމަށް ވޯލްޑް ބޭންކުން ވެސް ވަނީ ލަފާ ދީފައެވެ. އޭގެ އިތުރުން ދާދި ފަހުން ފިޗްއިން ވެސް ވަނީ ރާއްޖޭގެ ދަރަނިތައް އިތުރުވަމުން އަންނާތީ ކަންބޮޑުވުންފާޅު ކޮށްފައެވެ.

މި އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނީގެ އަދަދު 74  ބިލިއަންއަށް އަރާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top