ދިވެހި ފިލްމް، ވަކިން ލޯބިން އޭދަފުށީގައި

157996_3_aeba8c69d8e808674be397e7181c14022294ab63_medium.jpg

ދިވެހި ފިލްމް ، ‘ވަކިން ލޯބިން ‘ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި ދައްކަން ހަމަޖެހިފައިވާކަމަށް މިފަހަކަށް އައިސް ދިވެހި ފިލްމްތައް އޭދަފުށީގައި ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބުނެފިއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓްގެ މި ފިލްމްގައި ދައްކައިދެނީ ޒުވާން ދެމަފިރިން ކައިވެނިކޮށް ކުއްޖަކު ލިބޭ ފަހުން ޖެހިގެންދާ މައްސަލަތައް ހައްލުނުވެ، ދެމަފިރިން ވަކިވާ ހިސާބުން ދިމާވާ ބޮޑެތި މައްސަލަތަކެވެ.

މި ފިލްމް ގެ ވާހަކައަކީ ދިވެހި މުޖްތަމައުގައި މިހާރަކަށް އައިސް ވަރަށް އާއްމުކޮށް ދިމާވަމުން އަންނަ މައްސަލަތަކަށް ފޯކަސް ކޮށްގެން ލިޔެފައިވާ ވާހަކަ އަކަށް ވާތީ ފިލްމުން ދިވެހި މުޖުތަމައުއަށް ވަރުގަދަ މެސެޖެއް ރައްދުކޮށްދޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

އެންމެ ފަހުން ބޭއްވި އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރި  މި ފިލްމުގެ ލީޑް ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ.

ނުޒުހަތު ޝުއައިބު، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން ވެސް ‘ވަކިން ލޯބިން’ ފެނިގެންދާނެއެވެ.

ޓީބީ އިން ބުނީ މި ފިލްމް ދެއްކުމަށް ހަމަޖެހިފައިވަނީ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ކަމަށާ މި ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާ ކަމަށެވެ. ގުޅަން ޖެހޭ ހޮޓްލައިނަކީ 7904426 އެވެ. ފިލްމުގެ ޓިކެޓް ގެ އަގަކީ 100ރ. އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top