މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

DSCN7580.jpg

ރާއްޖޭގެ އިރުން ލަންކާގެ ދެކުނު ސަރަހައްދުގައި ކޮޅިގަނޑެއް އުފެދިފައިވާތީ އެކަމަުގެ ސަބަބުން ރާއްޖެއަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ސްރީލަންކާގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހެމުންދާތީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރި ނަމަވެސް މިކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ ކަަމަށް ނުބެލެވޭ ކަަމަށެވެ.

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކަކުން ވެސް ހާއްސަކޮށް ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top