ރަސްލީ ސުޕާރީގެ އަގު އަނެއްކާވެސް މައްޗަށް

rasily-supari-classic-mani_1024x1024-755x435.jpg

ރަސްލީ ސްޕާރީގެ އަގު އަނެއްކާވެސްމައްޗަށް ހިނގައްޖެއެވެ.

ވިޔަފާރިވެރިންނާ ހަވާލާ ދީ ވަގުތު ނޫހުން ބުނާގޮތުގައި އިއްޔެއިން ފެށިގެން ރަސްލީ ސްޕާރީގެ އަގު އަނެއްކާވެސް މައްޗަށް ގޮސް ހޯލްސޭލްކޮށް ލިބޭ އަގު ވަނީ ވަރަށް ބޮޑަށް މަތި ވެފައެވެ. މިހާރު ބާޒާރުން ރަސިލީ ސްޕާރީ ކޭހެއް ލިބެންހުރީ 2300 ރުފިޔާއަށެވެ.

މިއީ މިއަހަރު ރަސިލީ ސްޕާރީގެ އަގު ބޮޑުވި ދެވަނަ ފަަހަރެވެ. މިއަހަރު އަގު ބޮޑުވުމުގެ ކުރިން ރަސިލީ ސްޕާރި ކޭހެއް ހުރީ 1050 ރުފިޔާ އަށެވެ. އަގު ބޮޑުވުމުން ރަސިލީ ސްޕާރީ ކޭހެއް ލިބެނީ 1500 އަށެވެ. އަނެއްކާ ވެސް އަގު އިތުރަށް އުފުލުމުން މިހާރު ރަސިލީ ސްޕާރީ ޕެކެޓެއް ވަކިން ގަންނަން ލިބޭ ވަރު ދެރުފިޔާ އަށް ވުރެ ވެސް މަތި ވުމުގެ ފުރުސަތު އެބައޮތެވެ.

ޕާކިސްތާންގެ އުފެއްދުމެއް ކަމަށްވާ ރަސްލީ ސްޕާރީގެ އަގު އުފުލެމުން ދަނީ ޕާކިސްތާންގެ ސިއްހަތާއި ބެހޭ އޮފިޝަލުންގެ އެދުމުގެ މަތިން ސްޕާރީ އުފެއްދުމުގެ ޤަވައިދުތައް ހަރުކަށި ކުރުމުގެ ސަބަބުން ދިމާވި ކަމެއްކަމަށް ބެލެވިދާނެއެވެ. ގަވާއިދުތައް ހަރުކަށި ކުރަން ޖެހުނީ ސްޕާރީގެ ސަބަބުން ސިއްހަތައް ލިބޭ ގެއްލުންތައް އިތުރުވަމުންދާތީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top