ގޮއިދޫ ސްކޫލް: ޖެހިޖެހިގެން ހަތަރުފަހަރު ވޮލީ މުބާރާތް ކާމިޔާބު ކޮށްފި

29027876_1636583143056885_10543926795358956_n.jpg

މައިލޯ އިންޓަރސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ތަށި ، ޖެހިޖެހިގެން ހަތަރުވަނަ ފަހަރު ގޮއިދޫ ސްކޫލް  ހޯދައިފިއެވެ.

ހަތަރުވަނަ އަހަރު ގޮއިދޫ ސްކޫލުގެ 16 އަހަރުންދަށުގެ އަންހެން ޓީމު ތަށި ހޯދީ ރޭ ފައިނަލުގައި ވ. ކެޔޮދޫ ސްކޫލު ބަލިކޮށް ސީދާ ތިން ސެޓުންނެވެ.

މި މުބާރާތުގައި މިއަހަރު ވެސް ގޮއިދޫގެ ތިން ޓީމު ވާދަކުރެ އެވެ. އެއީ 16 އަހަރުން ދަށުގެ އަންހެން ޓީމުގެ އިތުރުން 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމެކެވެ. މި ހުރިހާ ޓީމެއްވެސް ވަނީ މާލޭގެ ސްކޫލްތައް ބަލިކޮށް ފައިނަލަށް ގޮސްފައެވެ.

މިއަދު މެންދުރުފަހު 2:00 ގައި ކުޅޭ ފައިނަލްގައި ގޮއިދޫގެ 14 އަހަރުންދަށުގެ ޓީމު ބައްދަލުކުރާނީ މުހިއްޔުއްދީން ސްކޫލާއެވެ. އަދި ހަވީރު ކުޅޭ މިގްރޫޕުގެ ފިރިހެން ބައިގެ ފައިނަލުގައި ގޮއިދޫ ޓީމާ ދެކޮޅަށް ނުކުންނާނީ ތާޖުއްދީން ސްކޫލެވެ.

މީގެ އިތުރުން ގޮއިދޫ ސްކޫލްގެ ބެލެނިވެރިންގެ ޓީމެއްވެސް މި މުބާރާތުގައި ވާދަކުރެ އެވެ.

ގޮއިދޫ ސްކޫލް ، ކުޅިވަރު މުބާރާތްތަކުން ރަން ވަނަތަކެއް ހޯދަމުން އަންނައިރު އެ ސްކޫލްގެ ދަރިވަރުން އަންނަނީ ގައުމީ ފެންވަރުގައިވެސް  ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top