ދުވާފަރުމެޗް އޭދަފުށި ކާމިޔާބުކޮށްފި

DSC_0256.jpg

މި މުބާރާތުގައި އޭދަފުށި-ދުވަފާރު ، ބައްދަލުކުރި ފުރަތަމަ މެޗުގެ އޭދަފުށިން ޖެހި ފުރަތަމަ ލަނޑާއެކު. ފޮޓޯ : އީޓީ

މިނިވަން50 ފުޓްބޯޅަ މުބާރާތުގެ ޒޯން3ގައި އިއްޔެ އޭދަފުށީގައި ކުޅުނު ދުވާފަރާއި އޭދަފުށީގެ މެޗް 0-2ން އޭދަފުށި ކާމިޔާބުކޮށްފިއެވެ. މި މެޗުން މޮޅުވުމާއެކު ޒޯން3ގެ ޗެމްޕިއަން ޓީމަށް އޭދަފުށި ކުރަމުން އަންނަ މަސައްކަތަށް އިތުރު ބާރެއް ލިބުނީއެވެ.

މެޗް ފެށުމާއެކުހެން މެޗްގެ ކޮންޓްރޯލް އަތުލީ އޭދަފުށްޓެވެ. އެއާއެކު 8ވަނަ މިނިޓްގައި އާދަމްނިޔާޒު، މެޗްގެ ފުރަތަމަ ލަނޑު އޭދަފުށްޓަށް ކާމިޔާބުކޮށްދިނެވެ. އަދި 31ވަނަ މިނިޓްގައި އޭދަފުށީ ޓީމުގެ އިތުބާރު ކުޅުންތެރިޔާ ސައްޓު 2ވަނަ ލަނޑުޖަހައި މެޗްގެ ނަތީޖާ އޭދަފުށި ކޮޅަށް ބުރަކޮށްލިއެވެ.

ދެވަނަ ހާފުގައި އިތުރު ލަނޑެއް އެއްވެސް ޓީމަކަށް ކާމިޔާބު ކުރެވޭ ގޮތް ނުވެ މެޗް ނިމުނި 2-0ގެ ނަތީޖާއާއެކުގައެވެ.

މި މެޗުން މޮޅުވުމާއެކު ތިންމެޗު ކުޅެގެން 7 ޕޮއިންޓާއެކު އޭދަފުށި މިވަނީ މި މުބާރާތުގެ ޒޯން 3ގެ އެއްވަނަ މަގާމުގައެވެ. ދެ މެޗު ކުޅެގެން ދުވާފަރަށް ލިބިފައިވަނީ 3ޕޮއިންޓެވެ. ދެން މި ޒޯންގައި ހިމެނޭ ހިންނަވަރު ކުޅުނު 3 މެޗްގެ ތެރެއިން ދެމެޗުން އެޓީމްވަނީ ބަލިވެފައެވެ.

މިއަދުގެ މެޗް ނިމުމާއެކު ދެޓީމުގެ ސަޕޯޓަރުންގެ މެދުގައި ކޮންމެވެސްވަރެއްގެ ހަމަނުޖެހުމެއް ހިގާފައިވެއެވެ. ހަމަނުޖެހުން ހިނގުމަށް މެދުވެރިވީ ދުވާފަރު ޓީމުގެ އޮފިޝަލަކު ބަދަލު ރެފްރީއަށް ހަމަލާ ދޭން އުޅުމުން ފުލުހުން އެކަން ހުއްޓުވަން މަސައްކަތްފެށި ހިސާބުންނެވެ. އެހެންނަމަވެސް ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެކުރިން ފުލުހުންވަނީ މިކަން ހުއްޓުވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top