އަންނަމަހުން ފެށިގެން މާބަނޑުއަންހެނުންނަށް ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ- ރައީސް

0_13846781357084f50e6b8660fb5edcddde846600488e5e119adf3181283462d88b5bbe3354_news.jpg

ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މާބަނޑު އަންހެނުން ވަޒީފާއަށްދާން ދަތިވާނަމަ އަންނައަހަރުގެ ފުރަތަމަދުވަހުން ފެށިގެން ގޭގައިތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެކަމުގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ދުވަސް ފާހަގަކުރުމަށް ހިއުމަންރައިޓްސްކޮމިޝަންގެ ފަރާތުން ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

މި ހަފްލާގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިންސާނީ ހައްގުތަކުގެ ދިފާއުގައި ދިވެހި ސަރުކާރުން ކުރަމުން އަންނަމަސައްކަތްތައް ފާހަގަ ކުރަންޖެހޭކަމަށާއި އެއްވަނަދުނިޔޭގެ ގައުމުތަކުންވެސް ލިބިދޭ އެންމެ ފުރިހަމަ ހައްގުތަކާ އެއްވަރުގެ ހައްގުތަކެއް އާ ގާނޫނުއަސާސީން ދިވެހީންނަށް ލިބިދީފައިވާ ކަމުގައެވެ.

އަންހެނުންނަށް ލިބެމުންދާ އަނިޔާތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންހެނުންނަށް ފިރިހެނުންގެ ފަރާތުންނާ ގެވެށި އަނިޔާތަކާ ކުރިމަތިލާންޖެހޭ ކަމަށާއި އެކަމަކު އެފަދަ އަމަލުތަކަށް ސަރުކާރުން ފުރުސަތު ނުދެއްވާނެކަމުގައެވެ.

އަންހެނުންނަކީ އަޅާލުން ބޭނުންވާ ބައެއްކަމަށްވާއިރު އަންހެނުންނަށް ފަހިކޮށްދެވެންހުރި ފުރުސަތުތައް ސަރުކާރުގެ ތެރެއިން ފަހި ކޮށްދޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއްދެނީ އެންމެ ނާޒުކު ގިންތީގެ މީހުންގެ ގޮތުގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަންހެނުންނަށް އެހީތެރިކަން ފޯރުކޮށް ދިނުންކަމަށާއި އެކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުވެސް ހާމަކުރެއްވިއެވެ.

“އެއީ ބަދުއަޚްލާގީ ކަންތައްތަކާއި ގެވެށި އަނިޔާފަދަ މައްސަލަތަކަށް ހުށަހެޅިފައިވާ ފަރާތްތައް ، އަންހެނުންނާއި ދޭތެރޭ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އަންހެނުން ބާރުވެރިކުރުވުން ” ކަމުގައި ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top