އޭދަފުށި މުބާރާތުން ކަޓައިފި

12308189_558766560955652_1821814425295981818_o.jpg

ބ.އަތޮޅު ފުޓްބޯލް ޗެލެންޖް ގައި ބައިވެރިވި އޭދަފުށި ޓީމް. ފޮޓޯ: އީޓީ

ބ.އަތޮޅު ޗެލެންޖްކަޕްގައި މިއަދު މެންދުރު އޭދަފުށީގައި ކުޅުނު އޭދަފުއްޓާ ކުޑަރިކިލު ބައްދަލުކުރިމެޗް 1-1ން އެއްވަރުވެގެން ނިމުމުން ކުޑަރިކިލު ސެމީގެ ފަހު ޖާގަ ކަށަވަރުކޮށް މި މުބާރާތުގައި އޭދަފުށީ ކުޅުނުތިން މެޗުން އެންމެ މެޗަކުންވެސް މޮޅުނުވެ މުބާރާތުން ކަޓައިފިއެވެ. ކުޑަރިކިލު ސެމީއަށް ގޮސްފައިވަނީ 4 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައަށް އައިސްގެންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަހާފު ފެށުނުތަނާ އޭދަފުށި މިއަދުދެ ފުރަތަމަ ލަނޑާއެކު މެޗުގެ ލީޑު ހޯދިއެވެ. ޖަވާބުގައި މެޗުން ބަލިވުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫންކަމަށް ބުނެ ދަނޑަށް އަރައިގެން ތިބި ކުޑަރިކިލު ކުޅުންތެރިންގެ ކުޅުން ވަރުގަދަވެގެން ދިއުމުގެ ނަތީޖާއަކަށްވީ އޭދަފުށީގެ ގޯލަށް ނުރައްކާ ކުރަން ފެށުމެވެ.އިރުކޮޅެއްގެ ތެރޭގައި ކުޑަރިކިލުގެ ހުސެން ނިޒާމު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

މިއަދު ކުޅުނު ދެވަނަ މެޗަކީ ފެހެންދޫއާއި ދަރަވަންދޫގެ މެޗެވެ. ގްރޫޕް ސްޓޭޖްގެ މި ފަހުމެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މި މެޗު އެއްވަރު ވުމުން މި ގްރޫޕްގެ އެއްވަނަ ލިބިފައިވަނީ 7ޕޮއިންޓާއެކުފެހެންދޫއެވެ. ދެވަނަ ހޯދާފައިވަނީ 4 ޕޮއިންޓާއެކު ކުޑަރިކިލެވެ. ދަރަވަންދޫއާއި އޭދަފުށްޓަށް 2 ޕޮއިންޓް ލިބިފައިވިޔަސް ލަނޑުގެ ތަފާތުން 3ވަނަ ލިބެނީ ދަރަވަންދޫއަށެވެ. މިދިޔަ އަހަރު މިމުބާރާތުގެ ފައިނަލް ކުޅުނު އޭދަފުށީ އަންނަނީ ގްރޫޕްގެ އެންމެ ފުލަށެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗްތައް ފަށާނީ މިމަހުގެ 13 ވަނަދުވަހުއެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕްއޭ ގެ އެއްވަނަޓީމް ގޮއިދޫއާ ގްރޫޕްބީގެ ދެވަނަޓީމް ކުޑަރިކިލެވެ. ދެވަނަ މެޗުގައި 14 ވަނަދުވަހު ބައްދަލުކުރާނީ ގްރޫޕްބީގެ އެއްވަނަޓީމް ފެހެންދޫއާއި ގްރޫޕްއޭގެ ދެވަނަޓީމް ފުޅަދޫއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 16ވަނަ ދުވަހު ހަވީރު އޭދަފުށީގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top