ޖަލުހުކުމުން ސަލްމާންޚާން ސަލާމަތްވެއްޖެ

984344-salmankhan-1446538914.jpg

ސުޕަރސްޓަރ ސަލްމާންޚާން 5އަހަރު ދުވަހަށް ޖަލަށްލުމަށް ދަށުކޯޓަކުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މުމްބާއީ ހައިކޯޓުން މިއަދު އެހުކުމް ބާތިލުކޮށްފިއެވެ.

ސަލްމާންޚާން 5 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ މަސްތުގެ ހާލުގައި އިނދެގެން2002    ވަނައަހަރު އޮކްޓޯބަރ1 ވަނަދުވަހުގެ ރޭގަނޑު މުމްބާއީގެ މަގެއްގައި ކާރު ދުއްވާފައި ދަނިކޮށް ޕޭމަންޓްމަތީގައި ނިދާފައި ތިބި ބައެއްގެ ގައިމަތިން ކާރުދުއްވާފައި ދިއުމުގެ ސަބަބުން އެތަނުން ބަޔަކަށް އަނިޔާވެ އެކަކު މަރުވުމާ ގުޅިގެން އުފުލުނު ދައުވާ ސާބިތު ވުމުންނެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ސަލްމާންޚާންގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެކަން ހިނގާދިޔަ ގޮތް ބަލަންވީވަރަށް ނުބަލާކަމުގައެވެ. އަދި ސާބިތުހެކި ހޯދުމަށްވުރެ ދައުލަތުގެ ފަރާތުން ބަލާފައިވަނީ އެކްސިޑެންޓްވީ ވަގުތު ކާރުގައި އިން އޭނާގެ ބޮޑީގާޑްގެ ހެކިބަހުގެ މައްޗަށްކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top