ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ރާޅު އެރުމުގެ ފުރުސަތު ބޮޑު: މެޓް

DSCN8296.jpg

މިދިޔަ އަހަރު އޭދަފުއްޓަށް އުދަ އަރާފައި--- އީވީ ފައިލް ފޮޓޯ

ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ރާޅު އެރުމުގެ ފުރުސަތު އޮތުމުން މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް ) އިން  ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 15:30 އިން ފެށިގެން 19:30އާ ދެމެދަށެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރު ރާއްޖޭގެ ރަށްރަށަށް ރާޅު އަރަމުން ދަނީ ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާނިތަކެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ގިނަ ރަށްރަށަށް ރާޅު އެރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އިދާރާއިން ވިދާޅުވެފައި ވެއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާޅުތަކުގެ އުސްމިން ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައި ހުރެދާނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެއެވެ.

މެޓް އޮފީން އެލާޓް ނެރެފައިވާ އިރު އިއްޔެ އާއި އޭގެ ކުރީ ދުވަހުވެސް ބައެއް ރަށްތަކަށް ވަނީ ރާޅު އަރައި ގެއްލުންތަކެއްލިބިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top