ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައިކަމަށް ވިދާޅުވެ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް، ކުރީގެ ތިން ރައީސުން، ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންނެވި ނިންމެވުުގައި އޮތީ ހުސް އަމިއްލަ އެދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ތިން ރައީސުން އެކިގައި މަސައްކަތް ކުރެއްވުމަށް ސޮއި ކުރެއްވި އެއްބަސްވުން ޓްވީޓް ކުރައްވައި ފަލާހު ވަނީ އެ ތިން ބޭފުޅުންނަށާއި އެބޭފުޅުންގެ ވެރިކަމުގައި ހިންގަވާފައި ހުރި ބައެއް ގޯސް ކަންތައްތައް ހާމަ ކުރައްވައިފައެވެ.
ތިން ބޭފުޅުން އެކުގައި މަސައްކަތް ކުރަން އެއްބަސްވެ ވަޑައިގެންނެވުމަށްފަހު، ރޭ ބޭއްވި ނިއުސް ކޮންފަރެންސާ ބެހޭގޮތުން ފަލާހު ވިދާޅުވީ އެ ނިއުސްކޮންފަރެންސްގައި އެ ބޭބޭފުޅުންގެ ވެރިކަންތަކުގައި ހިނގި ކަންކަމާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ވެސް ޖަވާބު ނުދެއްވާ ކަމަށެވެ. އަދި އެ ނިއުސްކޮންފަރެންސްގައި ނޫސްވެރިން ސުވާލު ކުރަން ޖެހުނީ އެބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ކަމަށާއި، އެ ނޫން ސުވާލެއް ކުރިނަމަ ހުއްޓުވާލީ ކަމުގައެވެ. އެ ތިން ބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ލިއުމުގައި، ޝަރުއީ ދާއިރާ އާއި މަޖިލީހުގެ މިނިވަންކަމާއި އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމާއި ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތުމުން އަންނަނީ ހިނި ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
“ޔާމީން ވެރިކަމުގައި ނޫސްވެރިޔާ ރިލްވާނާއި ޔާމީން މަރާލި ވާހަކަ ދެއްކީމަ ގޯސް. މި މަރުތަކުގެ ތަހުގީގު އިބޫ ނުކުރި ވާހަކަ ބުނީމާ ގޯސް. އަބުދުﷲ ގާޒީ ހައްޔަރު ކުރި ވާހަކަ ދެއްކުން ގޯސް. އަންނި ވަނީ ގާޒީއެއް ވަގަށް ނަގައިގެން ޖަލަށް ލާފައި، ކޯޓުތަކުގައި ތަޅު އެޅުވި. ކޯޓުތައް އަންދާލި. ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލި. އެމްއެންބީސީގެ ވައްކަމާއި ސާކް ސަމިޓްގެ ވައްކަން އެހެރީ ފެންނަން. ޔާމީންގެ ވެރިކަމުގައި ވަނީ ކޯޓުގެ ޓިނު ނަގައި ގާޒީންނަށް ބިރުދައްކާފައި. ބާރަ މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރު ކުރި. ނޫސްވެރިންގެ އަނގަމަތީ ޓޭޕް އެޅި. ބޭބޭފުޅު ހިމެނޭ ގޮތުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާ އަނިޔާކުރި. އިބޫ ޖެއްސި ގައުމު ދަރަނި ދަންތުރައެއްގައި. 60 ބިލިޔަން ރުފިޔާއިން ދަރުވާލި. ނޭވާ ހޮޅިން ވައްކަން ކުރި. ބަދަލުގެ ގޮތުގައި ދެ ބިލިޔަން ރުފިޔާގެ ވައްކަން ހިންގި. ނޫސްވެރިން ގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރި. ސްޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ވަކިކުރި. ހައި ކޯޓުގެ ގާޒީން ވަކިކުރި. ފޯޅަވަހި ދޫކޮށްލި،”
ފަލާހު ވިދާޅުވީ، ނަޝީދު ވަނީ ގާޒީއެއް ވަގަށް ނަގައިގެން ޖަލަށްލާފައި، ކަމަށާއި ކޯޓުތަކުގައި ތަޅުވެސް އެޅުވި ކަމަށެވެ.
”ކޯޓުތައް އަންދާލި. ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލި. އެމްއެންބީސީންގެ ވައްކަމާއި ސާކް ސަމިޓްގެ ވައްކަން އެހުރީ ފެންނަން. ޔާމީންވަނީ ކޯޓުގެ ޓިނު ނަގާ ގާޒީންނަށް ބިރު ދައްކާފައި. ހ.ދަވާލިއަށް ބަލާލީމާ ދައުލަތުން ވަގަށްނެގި ފައިސާގެ ކުޑަކުޑަ މިންވަރެއް ފެންނާނެ. ބާރަ މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރުކުރި. ނޫސްވެރިން ގެ އަނގަމަތީ ޓޭޕް އެޅި. ބޭބޭފުޅު ހިމެނޭ ގޮތުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާ އަނިޔާކުރި. އިބޫ ޖެއްސި ގައުމު ދަރަނި ދަންތުރައެއްގައި. 60 ބިލިޔަން ރުފިޔާއިން ދަރުވާލި. ނޭވާ ހޮޅިން ވައްކަން ކުރި. ބަދަލުގެ ގޮތުގައި 2 ބިލިޔަން ރުފިޔާގެ ވައްކަން ހިންގި. ނޫސްވެރިން ގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރި. ސްޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ވަކިކުރި. ހައި ކޯޓުގެ ގާޒީން ވަކިކުރި. ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ވިއްކާލި. ފޯޅަވަހި ދޫކޮށްލި.“ ކުރީގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ފަލާހު ލިޔުއްވައިފައިވެއެވެ.
އޭނާ ވިދާޅުވީ، މިއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން ކަންކުރި ގޮތުގެ ކުޑަ މިންވަރެއް ކަމަށާއި، ދެން މި ބޭފުޅުން ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭނެ މިންވަރު ވިސްނާލަން ޖެހޭ ކަމަށެވެ. ފަލާހު ވިދާޅުވި ގޮތުގައި އެބޭފުޅުންގެ އޮތީ ހުސް އަމިއްލަ އެދުމެވެ.







