ބޮލަށް ބުޅިއެއް ހެރިގެން ސިއްހީ މަރުކަޒުގައި ބާއްވާފައި އޮތީ ގޮއިދޫ މީހެއް

ޖކކ.jpg

ސިއްހީ މަރުކަޒުގައި ބާއްވާފައި އޮތް ޒުވާނަކަށް އެހީވާން ބޯލްޓް ކަޓަރެއް ހިފައިގެން މީހަކު ވަދެ ފަސޭހަކަމާ އެކު ބުޅި ބުރިކޮށްލައި ބުޅި ނައްޓާލާ ތަން ފެންނަ ވީޑިއޯ އަކީ ބ. ގޮއިދޫގައި ހިނގާފައިވާ ހާދިސާ އެއްް ކަން އީވީއަށް އެނގިއްޖެ އެވެ.

އެ ވީޑިއޯ އިން ފެންނަނީ މީހަކު އޭނާގެ ކޮނޑަށް ބޮޑު ނަރުކެނޑިއެއް ލައިގެން ހޮސްޕިޓަލެއްގެ ފަރުވާދޭ ކޮޓަރިއަށް ވަންނަތަނެވެ. ގޮއިދޫ ސިއްހީ މަރުކަޒުގެ އެކޮޓަރީގެ އެނދުގައި ބާއްވާފައި އޮތް މީހާގެ ނިތްކުރިމަތިން އިސްތަށިގަނޑުގެ ތެރެއަށް، ބޮލަށް ހެރިފައި އިން ތިން ބުޅިލީ “ނަގިލި ބުޅި” އެ ބުޅީގެ އެއްބައި ބޮލަށް ވަދެފައިފައިވާއިރު، ބުޅީގެކޮޅު އިނީ ބޭރަށް ނުކުމެފައެވެ.

އޭނާގެ ބޮލުން އެ ބުޅި ނެރުމަށް ނަރުހުންނާއި އެކު ބިދޭސީ ޑޮކްޓަރެއް މަސައްކަތް ކުރަމުންދިޔަކަން ވީޑިއޯއިން އިވޭ އަޑުތަކުން ސާފުވެއެވެ. އެ މަސައްކަތުގެ ތެރެއިން ދެން ފެނިގެން ދިޔައީ ބޮޑު ނަރުކެނޑިއެއް ހިފައިގެން މީހަކު އައިސް އެތަނަށް ވަންނަ މަންޒަރެވެ. އެ މީހާ އެތަނަށް ވަދެ، އެ މަސައްކަތުގައި ބައިވެރިވެއެވެ. އެގޮތުން ނަރުކެނޑިން ބުޅި ނަގަން ފެށުމުގެ ކުރިން އެ ސާފުކުރުމަށްފަހު ބުޅި ނެގޭގޮތަށް ބުޅި ހެރިފައި އިން ހިސާބުން ޖާގަ ހަދާލުމަށްފަހު، ބުޅީގެ ކޮޅުން ބުރިކޮށްލުމަށްފަހު ވަރަށް ފަސޭހަކަމާއި އެކު ބުޅި ނަގާތަށް ފެނެއެވެ.

މިކަން ގިނަ މީހުންނަށް ވީ ޖޯކަކަށެވެ. އަދި އަނެއް ބަޔަކު މިއީ ސިއްހީ ދާއިރާގެ ހާލަތު ކަމަށް ބުނެ ފާޑުވެސް ކިޔާފައިވެ އެވެ.

“ނަގިލި ބުޅި” ނެގި ގޮތުން ލިބުނު ސަމާލު ކަމާ އެކު މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހުން ބުނީ މިއީ އަލަށް ކުރާ ކަމެއް ނޫން ކަމަށެވެ.

“އަލަކަށް ނޫން މިއީ. އެކަހަލަ ބުޅި ވަރަށް ވަރުގަދަވާނެ. ބުރިކޮށް ނުލެވޭނެ އޭގެ އެއްޗަކުން ނޫނީ. އެހެންވެ އަބަދުވެސް ބުޅި ނަގަން ބޭނުން ކުރޭ އޭގެ ކަޓަރު،” މަސްވެރިކަމުގައި މީގެ ތަޖުރިބާތައް ކޮށްފައިވާ މީހަކު ބުންޏެވެ.

އޭނާ ބުނީ ބުޅި ނައްޓާ ނުލައި މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ގެންދާ ހާލަތުގައި ވެސް މީގެ ކަޓަރު ބޭނުންކުރާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top