ޚިދްމަތްތެރި 2 ކެޔޮޅު. ސައްތާރުބެއާއި، އިބުރައަށް ފަސްމުގޫން އުމްރާ ދަތުރެއް

20504110_867354460096859_841212655_n.jpg

ފަސްމުގޫ ގްރޫޕުގެ ޗެއާމަން އިބްރާހީމް ޝަހީމް، ކެޔޮޅު އިބްރާހީމް އަހްަމަދަށް އުމްރާ ދަތުރުގެ ހަނދާނީ ހަވާލުކުރަނީ. ހިދްމަތްތެރި 2 މީހަކަށް ފަސްމުގޫން ހަނދާނީ ފިލާދިން / ފޮޓޯ: ރާއީ ފޮޓޯގްރަފީ

އޭދަފުށީ ފަސްމުގޫ ގްރޫޕަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އޭދަފުށީގެ 2 ބޭފުޅަކަށް އުމްރާ ދަތުރެއް އެގްރޫޕްގެ ފަރާތުން ހަދިޔާ ކޮށްފިއެވެ.

ރޭ އޭދަފުށި ސްޓޭޖްގައި ބޭއްވި ފަސްމުގޫ ރޯދަސޭލް ގުރުއަތު ނެގުމުގެ ޝޯގައި މިދެ ދަތުރު ލިބުނީ އޭދަފުށީ އަމާޒު އިބްރާހީމް އަހްމަދު (ކެޔޮޅު އިބުރަ) އަށާއި، އޭދަފުށީ، އޯޝަނިކްވިލާ އަބްދުއްސައްތާރު ޔޫސުފަށެވެ.

އަންނަ އަހަރުގެ ރަމަޟާންމަހު އުމުރާއަށް ދެވޭގޮތަށް ފަސްމުގޫން މިދެފަރާތަށް ދިން އުމްރާ ދަތުރުގެ ރަމްޒީ ފިލާ ހަވާލުކޮށްދެއްވީ ފަސްމުގޫ ގްރޫޕްގެ ޗެއާމަން އިބްރާހީމް ޝަހީމެވެ.

ފަސްމުގޫއިން ރަމަޟާންމަހު ކުރިޔަށްގެންދިޔަ އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމް ލިބޭ ލަކީޑްރޯގެ ގުރުނެގި މިޝޯއަށްފަހު ފަސްމުގޫ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑައިރެކްޓަރ އިސްމއީލް ޝަހީމް އީވީއަށް ވިދާޅުވީ އުމްރާ ދަތުރަކީ ފަސްމުގޫ ގްރޫޕްގެ ބޯޑުން މިއަހަރު އަލަށް ތައާރަފް ކުރި ބައެއްކަމަށެވެ. އޭނާ ވިދާޅުވީ މިއީ ފަސްމުގޫގެ ވިޔަފާރިއަށް ވަރަށް ގިނަދުވަހު ހިދުމަތްކޮށްފައިވާ ބޭފުޅުންގެ ތެރެއިން އަގުވަޒަން ކުރަން މަޖުބޫރު ބޭފުޅުންނަށް މިއަހަރުން ދޭން ނިންމި ހަދިޔާއެއްކަމަށެވެ.

“ވަރަށް ގިނަ އަގުހުރި ހިދުމަތްތަކެއް ކުރި ފަރާތްތަކެއް ފަސްމުގޫ ގްރޫޕްގެ 30 އަހަރުގެ ތާރީހްގައި އެބަތިބި. އޭގެތެރެއިން ވަރަށް ޚިދްމަތްތެރި 2 މީހުންގެ އަގު ވަޒަން މިކުރީ. އަންނަ އަހަރުވެސް މިޝޯގައި އަގުވަޒަން ކުރުމަށް ކޮންމެވެސް ސެގްމަންޓެއް ކުރިޔަށްދާނެ” އިސްމާއީލް ވިދާޅުވިއެވެ.

އުމްރާ ދަތުރުގެ ހަނދާނީ ފިލާ ކެޔޮޅު އަބްދުއްސައްތާރު ޔޫސުފަށް ހަވާލުކުރަނީ / ފޮޓޯ: ރާާއީ ފޮޓޯގްރަފީ

ރޭގެ ޝޯއަށްފަހު ސައްތާރުބޭ އީވީއަށް ބުނީ “މިއީ ހިތުން ފިލައިގެންދާނެ ރެއެއްނޫންކަމަށާ، މިވަރުކަމެއް ފަސްމުގޫން ކޮށްދޭނެކަމަށް ދުވަހަކުވެސް ހިތަކަށް ނާރާ” ކަމަށެވެ. ފެންކަޅިވެފައިހުރި އިބުރައާ ވާހަކަ ދައްކާލުމުން އޭނާ ލޮލުން ފެނުނީ ކަރުނައެވެ.  ހުއްޓުން އަރާފައި ހުރި އިބުރަ އަށް ބުނެވުނީ “ވަރަށް އުފާވެއްޖެ” ކަމަށެވެ.

ފަސްމުގޫން މިއަހަރުވަނީ އެގްރޫޕްގެ މުވައްޒަފުންގެ ތެރެއިން އެންމެ ހީވާގި މުވައްޒަފު ހޮވައި އެމުވައްޒަފަށްވެސް 2 ރޭ ރިސޯޓެއްގައި 2 މީހުން ތިބުމުގެ ޕެކޭޖެއް ހަދިޔާއަކަށް ދީފައެވެ. އެންމެ ހީވާގި މުވައްޒަފަކަށް މިއަހަރު ހޮވުނީ ފައުހާ ނަސީރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top